ހިތްވަރު ބަލިކޮށްލެވިދާނެ ކަމަށް "ފޮރުވައިގެން" ޖަލުގައި ގެންގުޅުނު ނަމަވެސް އަމާން ނުދެއްވާނެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅުގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މިހެން ވިދާޅުވީ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން މެދުވެރިކުރައްވާ މިރޭ ދެއްވި ހާއްސަ މެސެޖެއްގައެވެ. މާފުށީ ޖަލުން ފޮނުއްވެވި އެ މެސެޖްގައި އެމަނިކުފާނު ވިދާޅުވީ ޕީޕީއެމް އާއި ޕީއެންސީގެ ފިކުރަކީ ގައުމީ ފިކުރު ކަމަށާ އެމަނިކުފާނު ޖަލުގައި އެކަހެރިކޮށް ގެންގުޅުމެއް ދަނީ މި ސަރުކާރުން ގައުމީ ފިކުުރު ދެކެ ގަންނަ ބިރެއްގެ ސަބަބުން ކަމަށެވެ.
ޖަލު ބަންދުގައި އަނިޔާ ދެމުންދާ ކަމަށް ސިފަކުރައްވާ ރައީސް ޔާމީންގެ މެސެޖްގައި ވިދާޅުވީ ސަރުކާރުން އެެކަން ކުރަނީ އެމަނިކުފާނުގެ ހިތްވަރު ބަލިކޮށް އަމާން ދީފާނެ ކަމަށް އުންމީދު ކޮށްގެން ކަމަށެވެ. ނަމަވެސް އެމަނިކުފާނަކީ ބޭއިންސާފުގެ ކުރިމަތީ ކުޑަކަކޫ ޖަހާނެ މީހެއް ނޫން ކަަމަށް ވިދާޅުވިއެވެ.
"ތިޔަ ލޮބުވެތި ރައްޔިތުންނާއި ދުރުގައި މާއެކަހެރި ތަނެއްގައި އަޅުގަނޑު ފޮރުވައިގެން މި ގެންގުޅެނީ އެ ބޭފުޅުން [ސަރުކާރު] މި ފިކުރު [ޕީޕީއެމް އާއި ޕީއެންސީގެ ފިކުރު] ދެކެ ބިރުންނެވެ. އަޅުގަނޑުމެންގެ ހިތްވަރު ބަލިކޮށްލެވިދާނެ ކަމަށެވެ. އަޅުގަނޑުމެން އަމާން ދީފާނެ ކަމުގެ ފިނޑި ހިޔާލުގައެވެ. އެހެން ނަމަވެސް އަޅުގަނޑަކީ މިފަދަ ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ޖަހާނެ މީހެއް ނޫނެވެ. އަޅުގަނޑުގެ އަމިއްލަ ހިތްހަމަ ޖެހުމާއި އުފަލަށްވުރެ އަޅުގަނޑު އިސްކުރާނީ ދިވެހި ރައްޔިތުންގެ މަސްލަހަތެވެ. އަޅުގަނޑަށް މުހިންމީ ދިވެހި ރައްޔިތުންގެ މިނިވަން ކަމެވެ. މި ގައުމުގެ އިސްތިގުލާލެވެ،" ރައީސް ވިދާޅުވިއެވެ.
ތިޔަ ލޮބުވެތި ރައްޔިތުންނާއި ދުރުގައި މާއެކަހެރި ތަނެއްގައި އަޅުގަނޑު ފޮރުވައިގެން މި ގެންގުޅެނީ އެ ބޭފުޅުން [ސަރުކާރު] މި ފިކުރު [ޕީޕީއެމް އާއި ޕީއެންސީގެ ފިކުރު] ދެކެ ބިރުންނެވެ. އަޅުގަނޑުމެންގެ ހިތްވަރު ބަލިކޮށްލެވިދާނެ ކަމަށެވެ. އަޅުގަނޑުމެން އަމާން ދީފާނެ ކަމުގެ ފިނޑި ހިޔާލުގައެވެ. އެހެން ނަމަވެސް އަޅުގަނޑަކީ މިފަދަ ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ޖަހާނެ މީހެއް ނޫނެވެ. އަޅުގަނޑުގެ އަމިއްލަ ހިތްހަމަ ޖެހުމާއި އުފަލަށްވުރެ އަޅުގަނޑު އިސްކުރާނީ ދިވެހި ރައްޔިތުންގެ މަސްލަހަތެވެ. އަޅުގަނޑަށް މުހިންމީ ދިވެހި ރައްޔިތުންގެ މިނިވަން ކަމެވެ. މި ގައުމުގެ އިސްތިގުލާލެވެއަބްދުﷲ ޔާމީން އަބްދުލްގައްޔޫމް | ކުރީގެ ރައީސް - އޭޕްރީލް 9، 2021
މަނީ ލޯޑަރިންގެ ކުށް ސާބިތުވެ ޖަލުގައި ހުންނެވި ނަމަވެސް ރައީސް ޔާމީންގެ މެސެޖްގައި އެމަނިކުފާނު ވަނީ ކުށެއް ނުކުރައްވާ ކަމަށް ވިދާޅުވާ ވިދާޅުވުން މިފަހަރުވެސް ތަކުރާރު ކުރައްވާފައެވެ. ޖަލުގެ ކުޑަގޮޅީގައި އޮންނެވީ ކުށެއް ކުރައްވައިގެން ނޫން ކަމަށާ ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގެންނެވީ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރައްވާނެތީ ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ސަޕޯޓަރުންނަށް އުފާވެރި މެސެޖެއްވެސް ދެއްވާފައެވެ. ވިދާޅުވީ ޖަލުން މިނިވަންވެވަޑައިގެން "މައުސޫމް" މީހެއްގެ ގޮތުގައި ރައްޔިތުންނާއި ބައްދަލު ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު ކުށެއް ނުކުރަމެވެ. މިކަމުގައި އަޅުގަނޑުގެ ޒަމީރު ވަރަށް ސާފެވެ. އަޅުގަނޑަށް އަނިޔާކޮށް ކުޑަގޮޅިއަށް ލައިގެން މި އުޅެނީ ކުށެއް ކޮށްގެނެއް ނޫނެވެ. ނުހައްގުން ޖަލުގައި އިންސާފު ނުދީ އަޅުގަނޑު ބަހައްޓައިގެން މި އުޅެނީ ތިޔަ ލޮބުވެތި ރައްޔިތުންގެ ހައްގުގައި އަޅުގަނޑު ވަކާލާތު ކުރާނެކަން އެ ބޭފުޅުންނަށް އެނގޭތީއެވެ. ހަގީގީ އަނިޔާއަކީ މިއީ އެވެ. މާތްﷲގެ ވާގިފުޅާއެކު ޖަލުން މިނިވަންވެ ތިޔަ ލޮބުވެތި އަހުންނާއި އުހުތުންނާއި ބައްދަލު ކުރާނީ 'މައުސޫމް' މީހެއްގެ ގޮތުގައެވެ،"
ރައީސް ޔާމީންގެ މެސެޖްގައި އިތުރަށް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ރައްޔިތުންގެ ހައްގުގައި މަސައްކަތް ފެއްޓެވީ ކިތަންމެ ދަތި އުނދަގޫތަކެއް ކުރިމަތިވާނެކަން އެނގިވަޑައިގެން ކަަމަށެވެ. ދިވެހިންގެ ކަންކަން ދިވެހިން ނިންމުމާއި ދިވެހިންގެ ދާހިލީ ކަންކަމުގެ ތެރެއަށް އެހެން މީހުންނަށް ނުވަދެވޭނެކަން ޔަގީން ކުރައްވަން ކުރެެއްވި މަަސައްކަތްތަކީ ދަތި އުނދަގޫވި މަސައްކަތެއް ކަމަށްވެސް ވިދާޅުވިއެވެ.
"މާފުށީ ޖަލުގެ ކުޑަގޮޅިން އަޅުގަނޑު ތިޔަ ލޮބުވެތި ރައްޔިތުންނާއި މި ބައްދަލުކުރަނީ ގައުމުގެ ހާލަތާމެދު އިންތިހާއަށް ދެރަވެ ކަންބޮޑުވާ ހާލުގައެވެ. 2013 ވަނަ އަހަރު ދިވެހިރާއްޖޭގެ ޖައާމަތާއި އަޅުގަނޑު ހަވާލުވެ ދިވެހިރާއްޖޭގެ އިގްތިސާދު ކޮޅަށް ޖަހައިދީނީމެވެ. އަދި ހައްލު ނުކުރެވޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކޮށްގެން ތިބި ގައުމީ މަސްލަހަތާއި ގުޅުންހުރި މައްސަލަ ހައްލުކޮށްދީމެވެ. އަދި ފުރިހަމަ ސިޔާދަތާއި މިނިވަަން ކަމުގައި އޮތް ރައްޔިތުން ފަހުރުވެރިވާފަދަ ގައުމަަކަށް ދިވެހިރާއްޖެ ހަދައިދިނީމެވެ. މިކަންކަމުގެ ނަތީޖާއަކަށް ވެެގެން ދިޔައީ ވާދަވެރި ސިޔާސީ ފަރާތްތަކާއި އެބޭފުޅުންނަށް ވާގިވެރިވާ ބޭރުގެ ފަރާތްތަކާއި ގުޅިގެން އަޅުގަނޑު ޖަލަށްލުމެވެ،"
އަޅުގަނޑު ކުށެއް ނުކުރަމެވެ. މިކަމުގައި އަޅުގަނޑުގެ ޒަމީރު ވަރަށް ސާފެވެ. އަޅުގަނޑަށް އަނިޔާކޮށް ކުޑަގޮޅިއަށް ލައިގެން މި އުޅެނީ ކުށެއް ކޮށްގެނެއް ނޫނެވެ. ނުހައްގުން ޖަލުގައި އިންސާފު ނުދީ އަޅުގަނޑު ބަހައްޓައިގެން މި އުޅެނީ ތިޔަ ލޮބުވެތި ރައްޔިތުންގެ ހައްގުގައި އަޅުގަނޑު ވަކާލާތު ކުރާނެކަން އެ ބޭފުޅުންނަށް އެނގޭތީއެވެ. ހަގީގީ އަނިޔާއަކީ މިއީ އެވެ. މާތްﷲގެ ވާގިފުޅާއެކު ޖަލުން މިނިވަންވެ ތިޔަ ލޮބުވެތި އަހުންނާއި އުހުތުންނާއި ބައްދަލު ކުރާނީ 'މައުސޫމް' މީހެއްގެ ގޮތުގައެވެއަބްދުﷲ ޔާމީން އަބްދުލްގައްޔޫމް | ކުރީގެ ރައީސް - އޭޕްރީލް 9، 2021
އެމަނިކުފާނު ވިދާޅުވީ ގައުމީ ފިކުރުގައި ތިބި ދިވެހިންނަކީ ގައުމަށް ވާނެ ގޮތެއްވާން ދޫކޮށްލާނެ ބައެއް ނޫން ކަމަށާ ބަދަހިކޮށް ޕީޕީއެމްގެ ސަފުތައް އެތުރި އެނބުރި އަންނާނެ ކަމަށެވެ. އަދި ރާއްޖެ މުޅީން އާ ރަން ޒަމާނަކަށް ފެށި ދަތުރުގައި މިއީ ކުޑަ މަޑުޖެހުމެއް ނަމަވެސް އެ ދަތުރު ނުހުއްޓުވޭނެ ކަމަށެވެ.