ރައީސް އަބްދުﷲ ޔާމީން

ޔާމީންގެ މެސެޖް: ވޯޓުން ސަރުކާރަށް ޖަވާބުދީ

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: އެދިވަޑައިގެންނެވީ ވޯޓް ފޮށިން ސަރުކާރަށް ޖަވާބު ދެއްވުމަށް -- އަވަސް
77.8%
22.2%
0%

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވޯޓުން ބަލި ކޮށްލުމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެދިވަޑައިގެންފި އެވެ.

ރައީސް ޔާމީން އެކަމަށް އެދިވަޑައިގެންނެވީ އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ އާ އިއްޔެ މާފުށީ ޖަލުގައި ބައްދަލު ކުރައްވާ ރައްޔިތުންނަށް ރައްދު ކޮށްދެއްވުމަށް އެދިވަޑައިގެންނެވި މެސެޖެއްގަ އެވެ. ރައީސް ޔާމީންގެ މި މެސެޖް އަބްދުއްރަހީމް އާންމު ކުރެއްވީ ރައީސް ޔާމީން ނިސްބަތްވެވަޑައިގަންނަވާ ނ. ވެލިދޫ އާއި މާލޭގައި ހުންނަ ޕީޕީއެމް އޮފީހުގައި އޮންލައިންކޮށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަބްދުއްރަހީމް ވަނީ ރައީސް ޔާމީނަށް މި ސަރުކާރުން އަނިޔާވެރިވަމުން ދިޔަ ނަމަވެސް އެމަނިކުފާނާ ބައްދަލު ކުރުމުގެ ފުރުސަތެއް ދޭތެރެއަކުން ނަމަވެސް ދެއްވާ ކަމަށް ވިދާޅުވެ ރައީސް ސޯލިހަށް ޝުކުރު އަދާ ކުރައްވާފަ އެވެ. ރައީސް ޔާމީންގެ މެސެޖް ހިއްސާ ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން އެދިވަޑައިގަންނަވަނީ މި ސަރުކާރުން ވޯޓުން ބަލިކޮށް ދިނުމަށެވެ. ކުރިއަށް އޮތް ކައުންސިލް އިންތިހާބަކީ ވޯޓް ފޮށިން މި ސަރުކާރަށް ޖަވާބު ދޭން ރައްޔިތުންނަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަަށާ އެ ފުރުސަތުގެ ބޭނުން ހިފަން ރައީސް އިލްތިމާސް ކުރެއްވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ރައީސް ޔާމީން ވިދާޅުވަނީ، އެމަނިކުފާނަށް ތާއީދު ކުރައްވާ ރައްޔިތުންނަށް ދަންނަވައި ދޭށޭ މި ސަރުކާރު ބަލިކުރަން ޖެހޭނީ ވޯޓުންނޭ. ދިވެހި ރައްޔިތުންގެ ހިތުގައި ހުރި އުދާސްތައް ދައްކައި ދޭން ޖެހޭނީ ވޯޓް ފޮށިންނޭ. ދިވެހިންނަށް އަނިޔާވެރިވާ އަނިޔާވެރިވުމަށް ޖަވާބު ދެއްވަން ވާނީ ވޯޓް ފޮށިންނޭ. ދިވެހިރާއްޖޭގެ ތަރައްގީއަށް މިއައި ހީނަރުކަން ރައްޔިތުންނަށް އިހުސާސް ކުރެވޭކަން ދައްކުވައި ދޭން ޖެހޭނީ ވޯޓް ފޮށިންނޭ. ދިވެހި އިގްތިސޯދު ފުނޑާލައި ރައްޔިތުން ނިކަމެތި ކުރިކުރުމަށް ޖަވާބު ދޭން ޖެހޭނީ ވޯޓް ފޮށިންނޭ. ވަރަށް ރަނގަޅު ފުރުސަތެކޭ ރައްޔިތުންނަށް މި ލިބެން އަންނަނީ،"

އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ

އޭނާ ވިދާޅުވީ ކައުންސިލް އިންތިހާބަކީ މި ސަރުކާރަށް ރައްޔިތުންގެ ތާއީދެއް އަދި އިތުބާރެއް ނެތްކަން ބޭރު ދުނިޔެއަށް އެންގުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި މިއަދާ ހަމައަށް ރައީސް ޔާމީން 410 ދުވަސް ވަންދެން ޖަލުގައި ގެންގުޅެފައިވާއިރު ކުށެއް ނެތް ބޭފުޅަކު މިހާ ދުވަސްވަންދެން ޖަލުގައި ގެންގުޅުމަކީ ދިވެހި ތާރީހުގައި ވެސް ވެރިކަމުން ކޮށްފައިވާ ކަމެއް ނޫންކަން ދުނިޔެއަށް ދައްކަން ރަނގަޅު ފުރުސަތެއް ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުގެ އަނިޔާވެރިކަން ހައްދުން ނައްޓާފައިވާ ކަމަށާ އަނިޔާއަށް ކެތްތެރިވެ ރައްޔިތުން އަބަދު މަޑުން ނުތިބޭނެ ކަމަށެވެ. އެކަން މީގެ ކުރިން އެމްޑީޕީ ތަޖުރިބާ ކުރެވިފައިވާނެ ކަމަށް ވިދާޅުވެ 2012 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެގެންދިޔަ ގޮސް އަބްދުއްރަހީމް ވަނީ ހަނދާންކޮށް ދީފަ އެވެ.

އޭނާ ވަނީ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްވި ހުކުމްގެ އިސްތިއުނާފުގެ ނިމި ހުކުމް ކުރުމުގެ މަޖިލީސް އިއްޔެއަށް ތާވަލު ކުރުމަށް ފަހު ކުއްލި ގޮތަކަށް ފަސްކުރި ކުރުމާމެދު ވެސް ސުވާލު އުފައްދާފަ އެވެ. އަބްދުއްރަހީމް ވިދާޅުވީ ހުކުމް ކުރަން ވަގުތު ކުޑަތަންވެފައި ވަނިކޮށް ހުކުމް އިއްވުން ފަސްކުރީ ހައިކޯޓުން އިއްވާނެ ހުކުމެއް ސަރުކާރަށް ޔަގީން ނުވެގެން ކަމަށެވެ. އަދި ރައީސް ނަޝީދާއި ރައީސް ސޯލިހަކީ ވެސް ޝަރުއީ ނިޒާމަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވާ ދެ ބޭފުޅުން ކަމަށް ތުހުމަތުކޮށް ފަނޑިޔާރުގެ މިއަދު އޮތީ ދެ ރަައީސުންގެ މުށުގެތެރޭގައި ކަމަށް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުގެ ވެރިން ހީފުޅު ކުރައްވައިގެން ތިއްބަވަނީ ރައީސް ޔާމީން މިނިވަންވެވަޑައިގަތުމަށް ސަރުކާރާއެކު "ޑީލް" ހައްދަވާނެ ކަމަށެވެ. ނަމަވެސް އުމުރު ދުވަހު ޖަލުގައި އޮންނަވަން ޖެހިވަޑައިގެންނެވި ނަމަަވެސް ގައުމާއި ރައްޔިތުންނަށް ދެރަވާނެ، ނިކަމެތި ކަމެއް ލިބޭނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.

8 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ރައްޔިތު

އަޅުގަނޑު ތާ އީދުކުރަނީ ރ.ޔާމީނަށެވެ. އެމަނިކުފާނަކީ ތަރައްގީގެ ބާނީ އެވެ.

ހައްބި

މީހަކު ނޫޅޭ ކަލެއަކައް ވޯޓް ލާކައް

ހަގހހ

ޖަލިއޮތަސް މައިތެރި ނާރާ

ސައީދު

މީގެކުރިން ވެސް ސަރުކާރު މަމެން ވަކިކުރާނީ ވޯޓުން..... އެހެން ވީމަ ނު ޔާންބެ ތިއޮތީ ޖަލުގަ

ސަރާ×

😂😂

ސިފަ

ސާބަހޭ ރައީސް ޔާމީން

ލަދުކުޑޭ

އެއީ ތެދެއް! ހަމަ އެއްގޮތަކަށްވެސް ބަދަލުހިފަން ދަންނަ ބޭފުޅެއް ނޫން އެއީ. ހުރިއްޔާ ހުރިހާ ސިޔާސީ ޕާޓީތަކެއްގެ ލީޑަރުންނާ، އަމިއްލަ ބޭބެއާ ޖަލުގައި ބައިތިއްބާ، ވެރިކަމަށް ކުރިމަތި ނުލެވޭނެހެން ހަދައިގެން 5 އަހަރުގެ ދައުރެއް ނިންމާލި "އޯގާތެރި" އެއް އެއީ!

ލަލޫ

މި ހަމަ އަލިފެއް 😡😡😡

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345