ޑރ. މުހައްމަދު މުއިއްޒު

ޕާޓީ އޮފީހުން މުއިއްޒުއަށް ހޫނު މަރުހަބާއެއް

މާލެ ސިޓީގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންފައިވާ ޑރ. މުހައްމަދު މުއިއްޒުއަށް އިދިކޮޅު ކޯލިޝަނުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

މިއަދު ކުރިއަށްދިޔަ އިންތިހާބުގައި މުއިއްޒު ވަނީ 9،000 ވުރެ ގިނަ ވޯޓް ހޯއްދަވާފައެވެ. އިންތިހާބު ބޮޑު ތަފާތަކުން މުއިއްޒު ކާމިޔާބު ކުރައްވާނެ ކަން ވަނީ ޔަގީން ކުރެވިފައެވެ.

އިންތިހާބުން ލިބިވަޑައިގެންނެވި ކާމިޔާބީއާއެކު މުއިއްޒު ވަަނީ ޕީޕީއެމް އޮފީހަށް ވަޑައިގެންފައެވެ. ޕީޕީއެެމްގެ އޮފީހުން އިިދިކޮޅު ކޯލިޝަންގެ ލީޑަރުން ވަނީ މުއިއްޒު އަށް މަރުހަބާ ވިދާޅުވެފައެވެ. ކުޑައިރުކޮޅެއްގެ ފަހުން މުއިއްޒު ނޫސްވެރިންނާއި ބައްދަލު ކުރައްވާނެ އެވެ.