ޔޫސުފު ރަފީއު

ޔޫސޭގެ ތާއީދު މުއިއްޒަށް، މުއިއްޒަކީ ދެވަނަ އުމަރު ޒާހިރު

ޔޫސުފް ރަފީއު އާއި އުމަރު ޒާހިރު އަދި ޑރ. މުހައްމަދު މުއިއްޒު -- އަވަސް ފޮޓޯ
50%
50%
0%

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ މޭޔަރުގެ ކަމަށް ވާދަ ކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވާ ކަމަށް ލެޖެންޑަރީ އެކްޓަރު ޔޫސުފް ރަފީއު (ޔޫސޭ) އިއުލާނު ކުރައްވައިފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކެންޕޭނަށް މުއިއްޒު ހިންގަވާ "މުއިއްޒު ޓީވީ" ގައި ވާހަކަ ދައްކަވަމުން ޔޫސޭ ވިދާޅުވީ މާލެއަށް އައިސްފައިވާ މުހިންމު ބަދަލުތަކުގައި ކުރީގެ މިނިސްޓަރު އުމަރު ޒާހިރުގެ ދައުރު ވަރަށް ބޮޑު ކަމަށާ އެމަނިކުފާނަކީ މަސައްކަތްތެރިކަމާއި މަސްއޫލިއްޔަތު އަދާ ކުރެއްވުމުގައި ނަމޫނާއެއް ކަމަށެވެ.

ޔޫސޭ ވިދާޅުވީ މުއިއްޒު ސިފަ ކުރެވެނީ ދެވަނަ އުމަރު ޒާހިރުގެ ގޮތުގައި ކަމަށާ ހައުސިން މިނިސްޓަރު ކަމުގައި ހޭދަ ކުރެއްވި ހަތް އަހަރު ދުވަހުގެ ތެރޭގައި މުއިއްޒުގެ ކިބައިން ފެނިވަޑައިގަތީ އުމަރު ޒާހިރުގެ ކިބައިން ފެނިގެންދިޔަ ފަދަ މަސައްކަތްތެރިކަމާއި މަސްއޫލިއްޔަތު އަދާ ކުރެއްވުމުގެ ނަމޫނާ ކަމަށެވެ.

މިދިޔަ ހަތް އަހަރުތެރޭ މާލެއަށް އަައިސްފައިވާ ތަރައްގީގައި މުއިއްޒުގެ ދައުރު ވަރަށް ބޮޑު ކަމަށާ މުއިއްޒު ފަދަ ބޭފުޅަކު މާލެ ސިޓީގެ މޭޔަރު ކަމަށް އިންތިހާބު ކޮށްފިނަމަ އެކަމުގެ ފައިދާ ހުރިހާ ގޮތަކުން ފެންނާނެ ކަމަށް ޔޫސޭ ވިދާޅުވި އެވެ.

"އަޅުގަނޑަށް ސިފަ ކުރެވެނީ އޮނަރަބަލް އުމަރު ޒާހިރު ނެތް ތަނުގައި އުފެދުނު އުމަރު ޒާހިރެއް މުއިއްޒަކީ،" ޔޫސޭ ވިދާޅުވި އެވެ.

މުއިއްޒު ވަނީ ރައީސް ޑރ. މުހައްމަދު ވަހީދާއި ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރު ކަން ކުރައްވާފަ އެވެ. މުއިއްޒުގެ މިނިސްޓަރު ކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެތައްހާސް ފްލެޓެއް ވަނީ އަޅާފަ އެވެ. އަދި މާލެ އާއި ހުޅުލެ ގުޅާލުމަށް އަޅާފައިވާ ސިނަމާލެ ބްރިޖުގެ މަޝްރޫއު އަމަލީ ގޮތުން ހިންގުމުގައި އެންމެ އިސްކޮށް ހުންނެވީ ވެސް މުއިއްޒު އެވެ.

މާލޭގެ މޭޔަރު ކަމަށް އިންތިހާބުވެއްޖެ ނަމަ އެމަނިކުފާނު މަސައްކަތް ކުރައްވާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށްވެސް މުއިއްޒު ގެންދަވަނީ ވިދާޅުވަމުންނެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވަނީ ޕީޕީއެމްގެ ފަރާތުން މުއިއްޒާއި އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރު އެވެ. މީގެ އިތުރުން މަޖިލީހުގެ ކުރީގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހްމީ ވެސް ގެންދަވަނީ އަމިއްލަ ގޮތުން މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވަމުންނެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އިން

މުއީޒަށް ތާއީދު އޮތް ވަރު ބަލާދޭ ހުރި ނޫހެއްތަ ތިއީ، ލިޔާނެ އެއްޗެއް ނެތީތަ ދެން، އިރާދަކުރެއްވިޖެއްޔާ ތިމީހާ ނުހޯވޭނެ،

ހޮޅިދަނޑި

ތިޔައީ ވަރަށް ބޮޑު ގޯހެކެވެ ދިވެހި ބަހުގެ ރަދީފުގައި މުއިއްޒު ވީ އޭ ބުނެފި ނަމަ އެދެން ކިހިނެތް ވީ ކަން ނޭނެގޭ އެއްވެސް ފަރުދަކު ނުހުންނާނެ އެހެން ވާން ޖެހުނީވެސް މުއިއްޒުގެ ހުރި ދޯހޮޅި ކަމުންނެވެ އެހެން އެކަން އޮއްވާ އަނެއްކާ ހަމަ އެ މުއިއްޒު ބޭރުން ރަބަރު ކަވަރެއް އޮޅާފަ ގެނާމަވެސް އެވާނީ ހަމަ އެއަށެެވެ.

ހަހހަހަހ

ހަމަ މިފަހަރު މުއިއްޒު އަށް ވޯޓުދޭނީ..ނަޝީދު ފުލެޓް ދޮންބެ ވެގެން އުޅުމަކީ ކޮން މާނައެއްގަ އޮތްކަމެއް؟؟

ރާފިޔު

ހަމަ ހެޔޮކޮއް ތިބުނީ..އިންޝާﷲ މިފަހަރު ހަމަ މުއިއްޒު ހޮވޭނެ.ޔޫސޭ ވެސް މުއިއްޒު ވީ.އެން،ެން ވެސް ވީ މުއިއްޒު ވާން

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345