ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ފުރަތަމަ ޑޯޒް ޖެހޭނީ ޓްރީޓޮޕުން އެކަނި

ކޮވިޑް-19 ވެކްސިން ޕްރަގްރާމް ކުރިއަށްދާއިރު ރޯދަ މަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިދޭނީ ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުން އެކަނި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. މިވަގުތު ފުރަތަމަ ޑޯޒްގެ ގޮތުގައި ޖަހަނީ ޗައިނާގެ ސިނަފޯމެވެ.

އެޗްޕީއޭ މިއަދު ބުނީ ރޯދަ މަހު ވެކްސިން ދޭނީ ރޭގަނޑު ނުވަޔަކުން 11 އަށް ހަތް ސެންޓަރެއްގައި ކަމަށެވެ. އެގޮތުން ހަ ސެންޓަރެއްގައި ދޭނީ ކޮވިޝީލްޑްގެ ދެވަނަ ޑޯޒް އެވެ. ނަމަވެސް ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ދޭނީ އެންމެ ސެންޓަރެއްގައެވެ. އެއީ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. އެ ހޮސްޕިޓަލްގައި ވެކްސިން ދޭނީވެސް ރޭގަނޑު ނުވަޔަކުން 11 އަށެވެ.

ކޮވިޝީލީޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ ސޯޝަލް ސެންޓަރާއި ނެޝަނަލް އާޓް ގެލަރީ އާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު އާއި ވިލިމާލެ ޒުވާނުންގެ މަރުކަޒު އަދި ސެނެހިޔާގައެވެ.

މާދާމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމުން ހުރިހާ ސެންޓަރުތަކެއް ބަންދުވާނެ އެވެ.