ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

މަހެއް؛ ހަތަރުވަނަ ޑޯޒް ޖެހީ 826 މީހަކު

ކޮވިޑް ވެކްސިން ޖެހުން: ހަތަރުވަނަ ޑޯޒް ނުވަތަ ސެކަންޑް ބޫސްޓާ ޖެހީ މަދު ބައެއް
0%
0%
0%

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަމުންދާ ވެކްސިންގެ ހަތަރުވަނަ ޑޯޒް -- ސެކަންޑް ބޫސްޓާ -- 826 މީހަކު ޖަހައިފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިންގެ ތިން ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން 65 އަހަރުން މަތީގެ މީހުންނާއި ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ ކަމަށް ބެލެވޭ މީހުންނަށް ހަތަރުވަނަ ޑޯޒެއް ޖެހުމަށް ނިންމާ އެކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ.

އެޗްޕީއޭ އިން މިއަދު އާންމުކުރި ވެކްސިންގެ ތަފާސް ހިސާ ދައްކާ ގޮތުން ވެކްސިންގެ ހަތަރުވަނަ ޑޯޒް ޖަހާފައި އަދި ވަނީ އާބާދީގެ 0.18 އިންސައްތަ މީހުންނެވެ. އެއީ 826 މީހެކެވެ. ތިންވަނަ ޑޯޒް -- ފަސްޓް ބޫސްޓާ -- ޖަހާފައިވަނީ 165،683 މީހެކެވެ. އެއީ އާބާދީގެ 36.59 އިންސައްތަ އެވެ.

މިހާތަނަށް ފުރަތަމަ ޑޯޒް ޖަހާފައިވަނީ 398،984 މީހެކެވެ. އެއީ ވެކްސިން ޖެހޭ އާބާދީގެ 88.12 އިންސައްތަ އެވެ. ދެވަނަ ޑޯޒް ޖަހާފައިވަނީ އާބާދީގެ 84.96 އިންސައްތަ އެވެ. އެއީ 384،715 މީހެކެވެ.

ރާއްޖޭ ވަނީ ކޮވިޑްގެ ނުރައްކާތެރި ހަތަރު ރާޅެއްގެ ތަޖުރިބާ ކޮށްފައެވެ. އެ ދުވަސްތަކުގައި ބަލި ވަރަށް ބޮޑަށް ފެތުރި ކޮންމެ ދުވަހަކު އެތައް ބަޔެއްގެ ހަށިގަނޑުން ބަލި ފެނުނެވެ. އެތައް ބަޔަކު އެ ބަލީގައި މަރުވިއެވެ. ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 300 އިން މައްޗަށް އަރާފައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910