ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ކޮވިޑްގެ ހާލަތު ގޯސްވާތީ މާސްކު އަޅަން އެދިއްޖެ

އަންހެނަކު މާސްކު އަޅައިގެން: ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ ރައްކާތެރި ކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ވަނީ އެދިފައި --
0%
0%
0%

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވެފައި އޮތުމަށް ފަހު އަނެއްކާވެސް އެ ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ ރައްކާތެރި ކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ.

އެޗްޕީއޭ އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިދިޔަ ހަފްތާގައި 142 މީހަކަށް ބަލި ޖެހިފައިވާ ކަމަށާ މިއީ ކުރީ ހަފްތާއާ އަޅާ ބަލާއިރު 69 އިންސައްެތަ އިތުރު އަދަދެއް ކަމަށެވެ. އަދި ސާމްޕަލް ޕޮޒިޓިވިޓީ އާއި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ. މެއި މަހު އެޑްމިޓް ކޮށްފައިވަނީ 15 މީހުން ކަމަށާ ނަމަވެސް ޖޫން މަހުގެ މިހާތަނަށް 11 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހިފައިވާ ކަމަށެވެ.

އެހެން ކަމުން ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ އެދިފައެވެ. އެ ގޮތުން ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ވީހާ އަވަހަކަށް އެހެން މީހުންނާ އެކަހެރިވެ ޓެސްޓް ކުރުމާއި ބަލީލީގެ އަލާމާތްތައް ހުރި މީހުން އަދި ބަލީގެ ސަބަބުން ނުރައްކާވެދާނެ މީހުންނާއި އެފަދަ މީހުންނާއެކު ދިރިއުޅޭ ނުވަތަ އެފަދަ މީހުން ބަލަހައްޓާ މީހުންނާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގަ އާއި އެތަންތަނަށް ޒިޔާރަތްކުރާއިރު މާސްކު އެޅުމަށް ވަނީ އެދިފައެވެ.

ކޮވިޑަށް ޕޮސިޓިވް ވެއްޖެ ނަމަ އެކަހެރިވުމާއި ކޮންޓެކްޓުންގެ މައުލޫމާތު ފޯރުކޮށްދިނުމަށްވެސް އެދިފައިވެއެވެ.

މީގެ އިތުރުން ވެކްސިންގެ ޑޯޒުތައް ފުރިހަމަ ނުވާ މީހުން ވެކްސިން ފުރިހަމަ ކުރުމަށާާއި އުމުރުން 12 އަހަރުން މަތީގެ މީހުން ވެކްސިންގެ ދެ ޑޯޒު އަދި 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ދެ ޑޯޒު ފުރިހަމަ ކޮށް 6 މަސްވެފައިވާނަމަ ބޫސްޓާ ޖެހުމަށް ވަނީ އެދިފައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910