ޓޫރިޒަމް

ވަން އެންޑް އޮންލީއަށް ހާއްސަ ރިސޯޓް ވެއާ ޑިޒައިނެއް ނެރެފި

Nov 6, 2015
3

ރާއްޖޭގައި ރިސޯޓު ހިންގާ "ވަން އެންޑް އޮންލީ" ގެ ރިސޯޓުތަކަށް ދާ ޓޫރިސްޓުންނަށް ހާއްސަ ރިސޯޓު ވެއާ ޑިޒައިނެއް ހޮންކޮންގެ ހެދުން ފަރުމާ ކުރުންތެރިއެއް ނެރެފި އެވެ.

ޓޫރިޒަމްތައް ހަބަރު ގެނެސްދޭ ބައެއް ސައިޓްތަކުގައިވާ ގޮތުން ގިނަ ގައުމުތަކުގައި ރިސޯޓު ހިންގަމުން ގެންދާ ވަން އެންޑް އޮންލީ ބްރޭންޑުގެ ދަށުން ހިންގާ ރިސޯޓުތަކަށް އަންނަ ޓޫރިސްޓުންނަށް ހާއްސަކޮށްގެން ހާއްސަ ހެދުންތައް ފަރުމާކޮށްފައިވަ ރިސޯޓު ވެއާ ފަރުމާ ކުރުމަށް މަޝްހޫރު "މާރިޔާ ފްރަންސް ވަންޑޭމް" އެވެ.

ހާއްސަކޮށް ވަން އެންޑް އޮންލީގެ ރިސޯޓުތަކަށް ފަރުމާކޮށްފައިވާ ކަލެކްޝަންގެ ތެރޭގައި ޗުއްޓީ ހޭދަ ކުރުމަށް ގޮސް އުޅޭއިރު ރިސޯޓުގައި ލައިގެން އުޅެލަން ފަސޭހަ ހެދުންތަކުގެ އިތުރުން ދަތުރުކުރުމުގައި ބޭނުން ކުރަން ފަސޭހަ ހިތްގައިމު އަންހެނުން ކުދިންގެ އަތް ދަބަސް ވެސް ހިމެނެ އެވެ.

ވަން އެންޑް އޮންލީ ރިސޯޓުގެ ޑިރެކްޓަރު ރީޓެއިލް ޕްރެސްޓޮން ސްކްރެންޑާ ވިދާޅުވީ މި ކްލެކްޝަނަކީ ޓޫރިސްޓުން ރިސޯޓުގައި އުޅުމަށާއި، އަދި ޗުއްޓީ ފުރިހަމަ ކުރުމަށްފަހު ގޭގައި ލުމަށްވެސް ހާއްސަ ހެދުންތަކެއް ކަމަށެވެ. އަދި މި ހެދުންތަކަކީ ލައިގެން އުޅެން ފަސޭހަ ހެދުންތަކެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ވަން އެންޑް އޮންލީއިން މެކްސިކޯ އާއި ދެކުނު އެފްރިކާ އަދި މޮރިޝަސްގައި ރިސޯޓު ހިންގަމުންދާއިރު، އެ ކުންފުނިން ރާއްޖޭގައި ހިންގަނީ ރީތިރަށް ރިސޯޓެވެ.