ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފަޒްނާ އަހުމަދު

މެޑަމް ފަޒްނާ ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ފަޒްނާ އަހުމަދު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެކަމަނާ މިހާރު ވަނީ އެކަހެރިވެވަޑައިގެންފަ އެވެ.

ރައީސް އޮފީހުން ބުނީ މެޑަމް ފަޒްނާގެ ހާލުކޮޅު ރަނގަޅު ކަމަށެވެ. އަދި އެކަމަނާ ޕޮޒިޓިވްވުމާއި ގުޅިގެން ރައީސް ސޯލިހާއި ދެ އާއިލާގެ ބޭފުޅުން ކޮވިޑަށް ޓެސްޓް ކުރައްވާފައިވާ ކަމަށާ އެ ބޭފުޅުންގެ ނަތީޖާ ނެގެޓިވް ކަމަށެވެ.

މެޑަމް ފަޒްނާގެ އިތުރުން އެކަމަނާގެ ކޮއްކޮ ނަޒީހާ އަހުމަދު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި ނަޒީހާގެ ފިރިކަލުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.