ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފަޒްނާ އަހުމަދު

މެޑަމް ފަޒްނާ ކޮވިޑުން ރަނގަޅުވެއްޖެ

Apr 27, 2021

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހްމަދު ކޮވިޑުން ރަނގަޅުވެއްޖެ އެވެ.

މެޑަމް ފަޒްނާ ކޮވިޑް-19އިން ރަނގަޅުވެފައިވާ ކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގައި މިއަދު އާއްމު ކުރެއްވި ޕޯސްޓެއްގަ އެވެ.

އެކަމަނާގެ ޕޯސްޓްގައި ވަނީ ކޮވިޑުން ރަނގަޅުވެފައިވާ ކަން ފާހަގަކުރައްވާ، ބަލީގައި ހޭދަކުރެއްވި ދުވަސްވަރު ހެޔޮ ދުއާ ކޮށްދެއްވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

މެޑަމް ފަޒްނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެ ފަރުވާ ހޯއްދަވަމުން ގެންދަވާ ކަން ހާމަކުރެއްވީ މިމަހުގެ 15 ވަނަ ދުވަހު އެވެ.

މެޑަމް ފަޒްނާއާއި އާއިލާގެ ބައެއް ބޭފުޅުން ކޮވިޑް 19 އަށް ޕޮޒިޓިވްވި ނަމަވެސް އެކަމަނާ ފިރިކަލުން އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެ ދެކަނބަލުންގެ ބޭފުޅުންގެ ކޮވިޑް ޓެސްޓްތައް ވަނީ ނެގެޓިވް ވެފަ އެވެ.