ރައީސް އޮފީސް

ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ސަރަހައްދީ ބައްދަލުވުމެއް ރާއްޖޭގައި

ރީޖަނަލް ކޮންސަލްޓޭޝަން - ޗައިލްޑް ރައިޓްސް އިންސްޓިޓިއުޝަންސް އޮފް ސައުތު އޭޝިއާގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ސަރަހައްދީ ފެންވަރުގެ ކޮންފަރެންސެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވައިފި އެވެ.

މި ކޮންފަރެންސް އިންތިޒާމުކޮށްފައިވަނީ ޔުނިސެފް މޯލްޑިވްސްއާއި ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީސް ގުޅިގެންނެވެ.

ދެ ދުވަހަށް ބަނޑޮސް އައިލެންޑް ރިސޯޓުގައި މި ކޮންފަރެންސް ކުރިއަށްދަނީ "ރީޖަނަލް ކޮންސަލްޓޭޝަން - ޗައިލްޑް ރައިޓްސް އިންސްޓިޓިއުޝަންސް އޮފް ސައުތު އޭޝިއާ"ގެ ނަމުގަ އެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ މިނިވަން މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ކޮންފަރެންސް މިއަދު ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދެވެ.

މިކޮންފަރެންސްގައި ބަނގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާ ވެސް ބައިވެރިވެ އެވެ.

މި ކޮންފަރެންސަކީ މި ހަތް ގައުމުގެ ކުޑަކުދިންގެ ހައްގުތަކުގެ ހާލަތު އޮތްގޮތް ދެނެގަތުމާއި، ތަޖުރިބާ ހިއްސާކޮށް، މި ސަރަހައްދުގެ އިދާރާތަކުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދެވޭ ކޮންފަރެންސެކެވެ.

ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ފަޒްނާ ވިދާޅުވީ މިއަދުގެކުޑަކުދިންނަކީ މުސްތަގްބަލުގައި ގައުމަށް ބޭނުންވާނެ ބަދަލުތައް ގެނެސްދޭނެ ކުދިން ކަމަށެވެ. މިއަދު ކުޑަކުދިންގެ ހެދިބޮޑުވުމަށް ކުރާ އިންވެސްމަންޓަކީ މާދަމާގެ ތަރައްގީގެ މިސްރާބު ކަނޑައަޅައިދޭނެ ކަމެއްކަންވެސް ފާހަގަކުރެއްވި އެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަކީ މި ސަރުކާރުން އެންމެ ބޮޑަށް އިސްކަންދޭ އެއް ސިޔާސަތުގައި ކަމުގައި ވިދާޅުވި އެވެ.

މި ކޮންފަރެންސްގައި "ޖޮއިންޓް އެކްޝަން ޕްލޭން"އެއް އެކުލަވާލުމަށް ހަމަޖެހިފައިވެ އެެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910