ކުއްލި ނުރައްކަލުގެ ހާލަތު

ކުއްލި ނުރައްކާލުގެ ހާލަތު ނަގަން އީޔޫ ގޮވާލައިފި

ކުއްލި ނުރައްކަލުގެ ހާލަތު ނަގަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއަށް ގޮވާލައިފި އެވެ.

އީޔޫގެ ނޫސްބަޔާނެއްގައި ބުނަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުން އަސާސީ މިނިވަންކަން ގެއްލިގެން ދާކަމަށާއި އެ ހާލަތު އުވާލައި ރައްޔިޔުންނަށް އަލުން ހައްގުތައް އިޔާދަކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި ބުނެފައި ވަނީ ކުއްލި ހާލަތާ ގުޅޭގޮތުން ހުރިހާ ސިޔާސީ ޕާޓީން ދެކޭގޮތް ހާމަވާ ފަދަ ބަޔާނެއް ނެރުމަކީ ކޮންމެހެން ކުރުން މުހިއްމު ކަމެއް ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ނަގަން ގޮވާލި އިރު މި ހާލަތުގައި ހުރިހާ ޕާޓީތަކުން ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ޖެހޭނެ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ރައީސް އިއުލާން ކުރައްވާފައި ވަނީ 30 ދުވަހަށެވެ. އެ ނިންމެވުމާއެކު އީޔޫ އިން މި ބަޔާން ނެރުނު ކޮމޮން ވެލްތު ޖަމިއްޔާ އާއި މެރިކާއިން ވެސް ވަނީ އެމޭރުމުން ބަޔާން ނެރެފައެވެ.