ޔޫރަޕިއަން ޔޫނިއަންނާއާ އެކު އޮންނަ ގުޅުން ވަރުގަދަކުރުމަށްޓަކައި ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބެލްޖިއަމްގެ ބްރަސަލްސްއަށް ވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރުގެ މިދަތުރުފުޅުގައި އީޔޫގައި ހިމެނޭ ބައެއް ގައުމުތަކުގެއިސް އޮފިޝަލުންނާއި އީޔޫ ޕާލިމެންޓުގެ ބައެއް މެންބަރުންނާ ބައްދަލުކުރައްވާނެ ކަމަށެވެ. އެގޮތުން މިނިސްޓަރު މިހާރު ވަނީ އީޔޫ ޕާލިމެންޓް މެމްބަރު ނިކޮލާ ޕްރޮކަޗީނީއާ ބައްދަލުކުރައްވާފަ އެވެ.
މިދަތުރުފުޅުގެ ތެރެއިން އީޔޫގެ އިންޑޯ-ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގައިވެސް މިނިސްޓަރު ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އިޔޫއާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ދިވެހި ސަރުކާރުން އެންމެ ބޮޑަށް މަސައްކަތް ކުރަނީ ރާއްޖެއިން ޔޫރަޕަށް އެތެރެކުރާ މަހުގެ ޑިއުޓީއަށް ނަގާ އަދަދު ކުރުމަށެވެ.
އީޔޫ އަކީ ރާއްޖޭގެ ތަަރައްގީއަށް އެކި ދާއިރާތަކުން ފަންނީ އެހީތެރިކަން ވަރަށް ބޮޑަށް ފޯރުކޮށްދޭ ޖަމާއަތެކެވެ.