އަލިފާން

ދޯންޏެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ

ދޯންޏެއްްގައި ރޯވެ އެ ދޯނީގެ ފަޅުވެރިއަކު ފިހިއްޖެ އެވެ.

އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ދެންމެ ވިދާޅުވީ ކ. ކުޑަވިލިނގިލި ރިސޯޓް ކަައިރީގައި އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިންގެ ފަޔާ ޓީމުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި ހާދިސާގައި ދޯނީގައި ތިބި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ވަނީ ފިހިފައެވެ. އެއީ ދިވެއްސަކާއި ބިދޭސީ އެކެވެ. މި ހާދިސާގެ ރިޕޯޓް ސިފައިންނަށް ލިބުނީ މެންދަމު 3:23 ގައި ކަމަށް އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރޯވި އަލިފާންގަނޑު ސިފައިންގެ މަސައްކަތުން ނިއްވާލާފައިވާ ކަމަށެވެ. އަދި އަނިޔާވި ދެ މީހުން މާލެ ގެނައުމަށް ދަތުރު ކުރަމުންދާ ކަމަށެވެ.