ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހުރާ

މަސް ދުވަސް ފަހުން ކޮވިޑް ބަންދުން ހުރާ ހުޅުވާލައިފި

ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވި ކ. ހުރާ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިން އިން ނަގާ އެ ރަށް ހުޅުވާލައިފި އެވެ. ހުރާ ހުޅުވާލާފައި މިވަނީ ބަންދު ކުރިތާ ބަރާބަރު އެއް މަސް ފަަހުންނެވެ.

ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން ހުރައަށް އަރާ ފޭބުން މަނާކުރީ މާޗް މަހުގެ 23 ވަނަ ދުވަހު އެވެ. ހުރާއިން ފުރަތަމަ ޕޮޒިޓިވްވީ ރ. އުނގޫފާރަށް ދަތުރުކުރި މީހެކެވެ. އެ ކޭހާއެކު ވަރަށް ހަލުވިކޮށް ހުރާގައި ކޮވިޑް ފެތުރެން ފެށިއެވެ. އަދި ހަރުކަށި ފިޔަވަޅުތަކެއް އެޅިއެވެ.

އެ ރަށުން ޖުމްލަ 175 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއެވެ. މިހާތަނަށް 161 މީހަކު ވަނީ ރަނގަޅުވެފައެވެ. ބަލިން ރަނގަޅުނުވެ ތިބީ 14 މީހުންނެވެ.

ކޮވިޑް ކޭސްތަކާއި ގުޅިގެން 975 ސާމްޕަލެއް ނެގިއެވެ. އަދިވެސް ނަތީޖާ ނުލިބޭ ދެ ސާމްޕަލެއް ވާ ކަމަށް ހުރާ ސިއްހީ މަރުކަޒުން ބުންޏެވެ.

ހުރާގެ އިތުރުން ތ. ވިލުފުށި ވެސް ވަނީ މޮނިޓަރިންއިން ނަގާފަ އެވެ.