ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރަށްރަށުގައި ކޮވިޑްގެ 949 ކޭސް

Apr 7, 2021
1

އަތޮޅުތަކުގައި އެކްޓިވް ކޭސްތަކުގެ އަދަދު 949 އަށް އަރައިފި އެވެ. މިއީ އަތޮޅުތަކުގައި އެކްޓިވް ކޭސްތައް އެންމެ ގިނަ ދުވަސްވަރެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 70 ރަށެއްގައި އެކްޓިވް ކޭސްތައް ވެއެވެ. ޕޮޒިޓިވް ކޭސްތައް އެންމެ ގިނަައީ ޅ. ނައިފަރުގަ އެވެ. އެރަށުގައި 202 މީހަކަށް ބަލި ޖެހިފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 183 ދިވެހިންނާއި 19 ބިދޭސީންނެވެ. ޕޮޒިޓިވް މީހުން ދެން އެންމެ ގިނައީ އެ އަތޮޅުގެ ސިނާއީ ރަށް ފެލިވަރުގަ އެވެ. އެރަށުގައި 156 މީހަކަށް ބަލިޖެހިފައި ވެއެވެ. އެއީ 110 ދިވެހިންނާއި 146 ބިދޭސީންނެވެ.

ކ. ހުރާގައި ވެސް ޕޮޒިޓިވް ނަންބަރު ވަނީ 100 އިން މަތީގަ އެވެ. އެރަށުގައި 127 މީހަކު ޕޮޒިޓިވްވެފައި ވެއެވެ. އެއީ 115 ދިވެހިންނާއި 13 ބިދޭސީންނެވެ. ކ. ދިއްފުށީގައި 120 މީހަކަށް ބަލިޖެހިފައިވެއެވެ. އެއީ 113 ދިވެހިންނާއި ހަތް ބިދޭސީންނަށެވެ. ޅ. ހިންނަވަރުގައި 35 ޕޮޒިޓިވް ކޭސް ވެއެވެ.

ކ. މާފުށީގައި 21 މީހަކު ޕޮޒިޓިވްވެފައިވާއިރު އދ. މާމިގިލީގައި 12 މީހަކު ޕޮޒިޓިވްވެފައި ވެއެވެ.

ކޮވިޑްގެ ހާލަތު އެންމެ ގޯސް ރަށްތައް

  • ނައިފަރު - 202 މީހަކު ޕޮޒިޓިވް
  • ފެލިވަރު - 156 މީހަކު ޕޮޒިޓިވް
  • ހުރާ - 127 މީހަކު ޕޮޒިޓިވް
  • ދިއްފުށި - 120 މީހަކު ޕޮޒިޓިވް
  • ހިންނަވަރު - 35 މީހަކު ޕޮޒިޓިވް
  • މާފުށި - 21 މީހަކު ޕޮޒިޓިވް
  • މާމިގިލި - 12 މީހަކު ޕޮޒިޓިވް

މިހާތަނަށް އަތޮޅުތަކުގެ ތެރޭގައި ކޮވިޑް އެންމެ ބޮޑަށް ފެތުރިފައިވާ ދުވަސްވަރަކީ މިއީ އެވެ. ކޮވިޑްގެ ހާލަތު އެންމެ ބޮޑު ރަށްރަށުގައި އެޗްޕީއޭއިން މިހާރު ވަނީ ފިޔަވަޅުތައް ވަރުގަދަކޮށް ޅ. ނައިފަރާއި ކ. ހުރާގައި އިތުރު ފިޔަވަޅުތައް އަޅާފައެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 3،079 މީހުންނެވެ. މިހާތަނަށް 21،898 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 73 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވީ 56 ދިވެހިންނާއި އަށް ބިދޭސީއެކެވެ.