ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހުރާ

ކޮވިޑް: ހުރާގައި 130، ދިއްފުށީގައި 126 ކޭސް

Apr 9, 2021

ކ. އަތޮޅުގައި ކޮވިޑް ކޭސްތައް ގިނަ ދެ ރަށް ކަމަށްވާ ކ. ހުރާ އާއި ދިއްފުށިންް އިތުރު ބަޔަކު އެ ބައްޔަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބުނީ ކ. ހުރާއިން މިހާތަނަށް 130 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެ ކޭސްތަކާއި ގުޅިގެން 250 މީހަކު ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވިފައިވެއެވެ. އަދި އެ ރަށުން މިހާތަނަށް 572 ސާމްޕަލް ވަނީ ނަގާފައެވެ.

ދިއްފުށިން ޕޮޒިޓިވް ވެފައިވަނީ 126 މީހެކެވެ. 750 ކޮންޓެކްޓުން ފާހަގަ ކުރެވިފައިވާއިރު އެ ރަށުން 598 ސާމްޕަލެއް ވަނީ ނަގާފައެވެ.

ކޭސްތައް ގިނަވެ ކޮވިޑް-19 އިން ރައްކާތެރިވުމަށް ކ. ހުރާގައި ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އަންގާފައެވެ.