މި ރޯދަ މަހުގެ ފަހު ދިހައެއްގައި މާލެ ސަރަހައްދުގައި ދަމު ނަމާދު ކުރާނެ މިސްކިތްތަކާއި އިއުތިކާފަށް ތިބެވޭނެ މިސްކިތްތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެެއާޒުން ކަނޑައަޅައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ރޯދަ މަހުވެސް ފަހު ދިހައެއްގައި މާލެ ސަރަހައްދުގައި ދަމު ނަމާދު ޖަމާއަތުގައި ކުރާނެ ކަމަށެވެ. މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ޖުމްލަ 23 މިސްކިތެއްގައި ދަމު ނަމާދު ކުރުމަށް ވަނީ ނިންމާފައެވެ. އެއީ މާލޭގައި 15 މިސްކިތާއި ވިލިމާލޭގެ ތިން މިސްކިތަކާއި ހުޅުމާލޭގެ ފަސް މިސްކިތެއްގައެވެ.
ދަމު ނަމާދު ކުރާނެ މިސްކިތްތައް
- އިސްލާމީ މަރުކަޒު (މާލެ)
- މަސްޖިދުއްސުލްތާން މުހައްމަދު ބިން އަބްދިﷲ (މާލެ)
- މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީން (މާލެ)
- މަސްޖިދުއްސުލްތާން މުހައްމަދު ފަރީދުލްއައްވަލު (މާލެ)
- މަސްޖިދުއް ސުލްތާން ހަަސަން އިއްޒުއްދީން (މާލެ)
- މަސްޖިދު ސަލާހުއްދީން (މާލެ)
- މަސްޖިދު ފުރުގާން (މާލެ)
- މަސްޖިދު ޖަލާލުއްދީން (މާލެ)
- މަސްޖިދު ނޫރު (މާލެ)
- އިބްރާހިމް މިސްކިތް (މާލެ)
- މަސްޖިދު ޝަހީދު އަލީ (މާލެ)
- މަސްޖިދު އިސްކަންދަރު (މާލެ)
- ފަނޑިޔާރު މިސްކިތް (މާލެ)
- މަސްޖިދުއްސުލްތާން މުހައްމަދު އިމާދުއްދީން (މާލެ)
- މަސްޖިދުއްސުލްތާން މުހައްމަދު ޖަމީލް ދީދީ (މާލެ)
- މަސްޖިދުއް ސަލާމް (ވިލިމާލެ)
- މަސްޖިދުލް އިހްލާސް (ވިލިމާލެ)
- މަސްޖިދުލް ބިއްރި (ވިލިމާލެ)
- މަސްޖިދު ޝައިހް ގާސިމް ބިން އާލްސާނީ (ހުޅުމާލެ)
- މަސްޖިދު އަޒީޒު މޫސާ (ހުޅުމާލެ)
- މަސްޖިދު އުމަރު ބިން ހައްތާބު (ހުޅުމާލެ)
- މަސްޖިދުލް ވާލިދައިނި (ހުޅުމާލެ)
- ހުޅުމާލެ ވަގުތީ މިސްކިތް (ހުޅުމާލެ)
ފަހު ދިހައެއްގައި އިއުތިކާފަށް ތިބުމަށް ހަމަޖައްސާފައިވަނީ 8 މިސްކިތެކެވެ.
އެއީ މާލެއިން ފަސް މިސްކިތަކާއި ވިލިމާލެއިން މިސްކިތެއް އަދި ހުޅުމާލޭގެ ދެ މިސްކިތެވެ.
އިއުތިކާރަށް ތިބެވޭނެ މިސްކިތްތައް
- އިސްލާމީ މަރުކަޒު (މާލެ)
- މަސްޖިދުއްސުލްތާން މުހައްމަދު ބިން އަބްދުﷲ (މާލެ)
- މަސްޖިދު ފުރުގާން (މާލެ)
- މަސްޖިދު ޖަލާލުއްދީން (މާލެ)
- މަސްޖިދުއް ޝަހީދު އަލީ (މާލެ)
- މަސްޖިދުލް އިހުލާސް (ވިލިމާލެ)
- މަސްޖިދު ޝައިހް ގާސިމް ބިން އަލްސާނީ (ހުޅުމާލެ)
- މަސްޖިދު އަޒީޒު މޫސާ (ހުޅުމާލެ)