މާލޭގެ މަޖީދީ މަގުގައި ޒިކުރާ މިސްކިތް ކުރިން ހުރި ބިމުގައި ހަދާފައިވާ ވަގުތީ މިސްކިތް ހުކުރު ނަމާދަށް ހުޅުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން މަސައްކަތް ކުރީ ރޯދަ މަހުގެ ފުރަތަމަ ދުވަހު ވަގުތީ މިސްކިތް ބޭނުން ކުރަން ފެށޭވަރަށް މަސައްކަތް ކުރިއަށް ގެންދާށެވެ. ނަމަވެސް ވަގުތީ މިސްކިތް ހަދަން ޒިކުރާ މިސްކިތް ހުރި ސަރަހައްދު ކޮންނަމުން ދަނިކޮށް ބައެއް ތަކެތި ފެނުމާއި ގުޅިގެން މަސައްކަތް ލަސްވީއެވެ.
އެ މިނިސްޓްރީން މިއަދު ބުނީ ވަގުތީ މިސްކިތް މިހާރު ހުރީ މުޅީން ނިމިފައި ކަމަށާ ހުކުރު ނަމާދަށް މިސްކިތް ހުޅުވާނެ ކަމަށެވެ.
ޒިކުރާ ބިމުގައި ވަގުތީ މިސްކިތެއް ހެދީ ސިވެކް ކުންފުންޏާ ހަވާލުކޮށްގެނެވެ.