ހަބަރު

އެކްސްޕޯ މޯލްޑިވްސްގައި މަތީ މާކްސް ހޯދާ ފަރާތަކަށް ލޯނު ކަށަވަރު: މިނިސްޓަރު

މިއަހަރުގެ ރާއްޖޭ އުފެއްދުން ތެރިކަމުގެ މައުރަޒު "އެކްސްޕޯ މޯލްޑިވްސް 2015" އިން އެންމެ މަތީ މާކްސް ހޯދާ ފަރާތްތަކަށް އެސްއެމްއީ ލޯން ނުވަތަ ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ދޭ ކަށަވަރުވާނެ އިކޮނިމިކް މިނިސްޓްރީ އިން ބުނެފިއެވެ.

މި ލޯނުގައި އެކި އަދަދުތަކުގެ ލޯނު ހުރެ އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަހަރު ބުނީ މިއަހަރުގެ އެކްސްޕޯ މޯލްޑިވްސް ގައި ދިވެހި އުފެއްދިންތެރިކަމާއި ހުނަރު އަދި ތަފާތު ހަރަކާތްތަށް ދައްކުވާދައިދޭނެ ކަމަށާއި އެ މައުރަޒުގައި ބައިވެރި ވުމުގެ ފުރުސަތު އެންމެނަށް އެބައޮތް ކަމަށާއި މިމައުރަޒުން އެންމެ މަތިން މާކްސް ހޯދާ ފަސް ފަރާތަކަށް އަންނަ އަހަރު ލޯން ކަށަވަރު ކަމަށެވެ.

އުފްއްދުންތެރި ކަމުގެ މައުރަޒު އަންނަ މަހު 22 އިން ފެށިގެން 29 އަށް ދަރުބާރުގޭގައި ބާއްވާއިރު އެ މައުރަޒުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލާނީ އަންނަ މަހު އެކަކުން 15 އަށެވެ.