މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ރަޖިސްޓްރާ އޮފް ކޮމްޕެނީޒްގެ މަގާމަށް ޝަމްއާ

މަރިޔަމް ޝަމްއާ އިސްމާއީލް
0%
0%
0%

ރަޖިސްޓްރާ އޮފް ކޮމްޕެނީޒްގެ މަގާމަށް މިއަދު ބޭފުޅަކު ހަމަޖައްސައިފި އެވެ.

މި މަގާމަށް ހަމަޖެއްސީ ގާނޫނީ ވަކީލެއް ކަމަށްވާ އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ލީގަލް ކޮންސަލްޓަންޓް މަރިޔަމް ޝަމްއާ އިސްމާއީލް އެވެ.

ޝަމްއާ މި މަގާމަށް ހަމަޖައްސާަފައި މިވަނީ ކުރިން މި މަގާމުގައި ހުންނެވި މަރިޔަމް ވިސާމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޝަމްއާއަކީ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް ބްރިސްޓްލް އިން ބެޗްލާސް އޮފް ލޯ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ޝަމްއާ، ރަޖިސްޓްރާ އޮފް ކޮމްޕެނީޒްގެ މަގާމަށް ހަމަޖެއްސުމާ ހަމައަށް ހުންނެވީ ކޮންސިއުމާ އޮމްބަޑްސްމަންގެ މަގާމުގަ އެވެ.

ޝަމްއާ މީގެކުރިން ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްގެ ލީގަލް އެންޑް ޕޮލިސީގެ ޑިރެކްޓަރުގެ މަގާމާއި ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމުވެސް ފުރުއްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910