މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ނ. އަތޮޅުގައި ބިޔަ މަޝްރޫއެއް ހިންގުމުގެ ހުއްދަ ކްރިސްޓަލް ހޯލްޑިންގްސްއަށް

0%
0%
0%

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ނ. އަތޮޅުގައި ޓައުންޝިޕް މަޝްރޫއެއް ހިންގުމުގެ ހުއްދަ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ދީފި އެވެ.

"ޕްރޮޖެކްޓް އައީލާ"ގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ ނ. ދިގުފަރު ފަޅާއި ނ. ދެކެނަންފަރު އަދި ކުރަމާދޫގަ އެވެ.

އިކޮނޮމިކް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި މި މަޝްރޫއަށް ހުއްދަ ދީފައިވަނީ ކުންފުނިން ހުށަހެޅި ލިޔެކިޔުންތައް ފުރިހަމައަށް ދިރާސާކުރުމަށްފަހު އެވެ.

އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މި މަޝްރޫއުގެ ދަށުން ނ. އަތޮޅުގައި ތަރައްގީ ކުރާ ސަރަހައްދުގައި މަތީފަންތީގެ ބޯހިޔާވަހިކަމާއި ބައިނަލްއަގްވާމީ ފެންވަރުގެ ސިއްހީ ހިދުމަތްތައް ގާއިމުކުރެވޭނެ އެވެ. އަދި މަޝްރޫއުގައި ހިމެނޭ އިމާރާތްތަކުގެ ހަކަތައިގެ 60 އިންސައްތަ ފޯރުކޮށްދިނުމަށް ޕްރޮޖެކްޓުގެ ތެރެއިން އިރުގެ ހަކަތަ އުފައްދާ ހާއްސަ ނިޒާމެއް ގާއިމުކުރުމަށް ހަމަޖެހިފައިވެ އެވެ.

މީގެއިތުރުން މި މަޝްރޫއުގެ ދަށުން ދަނޑުވެރިކަމުގެ ވަސީލަތްތަކާއި އެކުއާކަލްޗާގެ މަސައްކަތްތައް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެ އެވެ. މި މަޝްރޫއުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެފަރާތްތަކުގެ އާއިލާތަކަށް ދިރިއުޅެވޭނެ ބޯހިޔާވަހިކަން ގާއިމުކުރުމަށްވެސް ހަމަޖެހިފައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މަޝްރޫއު ހިންގުމުގެ ހުއްދަ ލިބުމާއެކު، ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން 180 ދުވަހުގެ ތެރޭގައި ހުރިހާ އެސެސްމަންޓެއް ތައްޔާރުކޮށް އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅަންޖެހެ އެވެ. މީގެ ތެރޭގައި ފީސިބިލިޓީ އެސެސްމަންޓާއި އިންފްރާސްޓްރަކްޗާ މާސްޓާ ޕްލޭން އަދި އިންޖިނިއަރިން އާއި ތިމާވެށީގެ ދިރާސާތައް ހިމެނެ އެވެ.

އެސްއީޒެޑް ގާނޫނުގެ ދަށުން ރާއްޖޭގައި ހިންގާ ފުރަތަމަ ބޮޑު މަޝްރޫއަކީ ކެނެޑާގެ އެބްރަކްސަސް ޕަވަ ކޯޕަރޭޝަނަށް ހުއްދަ ދީފައިވާ ފްލޯޓިން ސޯލާ ޕެނަލް ހަރުކުރުމުގެ މަޝްރޫއެވެ. މި މަޝްރޫއު ހިންގުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ދީފައިވަނީ މިދިޔަ ފެބްރުއަރީ މަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345