ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ސްކޯލާޝިޕް އެއްބަސްވުމެއްގައި ސޮއި ކޮށްފި

ޝެވްނިން ސްކޮލާޝިޕްސް ޕްރޮގްރާމްގެ އެމްއޯޔޫ ގައި މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން އާއި ބްރިޓިޝް ހައި ކޮމިޝަނާއެކު ސޮއި ކޮށްފި އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރީ އެކަމަށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ. އަދި ބްރިޓިޝް ހައި ކޮމިޝަންގެ ފަރާތުން އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ކެރޮން ރޮސްލާ އެވެ.

ޝެވްނިން މޯލްޑިވްސް ސްކޮލަޝިޕަކީ އިނގިރޭސިވިލާތާއި ރާއްޖޭގެ ސަރުކާރުން އެކުގައި ފަންޑުކޮށް ހިންގާ ސްކޮލަޝިޕް ޕްރޮގްރާމެކެވެ.

މި ޕްރޮގުރާމްގެ ދަށުން ހަޔާ އެޑިޔުކޭޝަނުން އެކުލަވާލައިފައިވާ "ޓްރެއިނިންގެ ނީޑް އެނައިލިސިސް" ގައި ކަނޑައަޅާފައިވާ ދާއިރާތަކުން އެއް އަހަރު ދުވަހުގެ މާސްޓާސް ޑިގްރީއަކަށް އިނގިރޭސިވިލާތުގެ އެކްރެޑިޓެޑް ޔުނިވަސިޓީއެއްގައި ކިޔަން ކޮންމެ އަހަރަކުވެސް ދެ ފުރުސަތު ދޭނެ އެވެ.