ޖިންސީ ގޯނާ

ކުޑަ ދެކުއްޖަކާ ބެހުނު މީހަކާއި މުސްކުޅިޔަކު ހައްޔަރުކޮށްފި

Nov 9, 2015
1

ކުޑަ ދެ އަންހެން ކުއްޖަކާ ބެހި، ގަދަކަމުން ޖިންސީ ގޯނާކުރުމުގެ ހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކާއި ހަ އަހަރު ކުއްޖަކާ ގަދަކަމުން ބެެހުމުގެ ތުހުމަތަށް ހައްޔަރު ކުރީ 79 އަހަރުގެ ފިރިހެނަކާއި 37 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ ދެމީހުންގެ ތެރެއިން 37 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ އެކިދުވަސް މަތިން 10 އަހަރުގެ އަންހެން ކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާކުރިކަމަށް ބުނެ ހއ. ހޯރަފުށީ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ހއ. އުލިގަމުން ކަމަށެވެ. އަދި ހައްޔަރު ކުރި އުމުރުން ދުވަސްވީ މީހާ ހައްޔަރު ކުރީ އެކި ދުވަސްމަތިން ހަ އަހަރުގެ އަންހެން ކުއްޖާއަށް ގަދަކަމުން ޖިންސީ ގޯނާކުރިކަމަށް ބުނެ ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލަައަކާއި ގުޅިގެން އެ އަތޮޅު މުރައިދޫން ކަމަށެެވެ.