ރައްޔިތުންގެ މަޖިލިސް

ދިރާސާ ކުރަން ތިން ބިލެއް ކޮމެޓީތަކަށް ފޮނުވައިފި

Nov 9, 2015

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ތިން ބިލެއް ބަލައިގަނެ، އެބިލްތައް ދިރާސާ ކުރަން ކޮމިޓީތަކަށް ފޮނުވައިފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާފައި ބަލައިގަތް ތިން ބިލަކީ ޓްރާންސްޕޯޓް އޮތޯރިޓީގެ ބިލާއި ރާއްޖެއިން އޭޝިއަން އިންފްރާސްޓްރަކްޗަ އިންވެސްޓްމަންޓް ބޭންކްގެ މެމްބަރަކަށް ވުމުގެ ބިލާއި މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހުގެނައުމުގެ ބިލެވެ.

އޭޝިއަން އިންފްރާސްޓްރަކްޗަ އިންވެސްޓްމަންޓް ބޭންކުގެ މެމްބަރަކަށް ވުމުގެ ބިލް ހުށަހެޅުއްވީ ނިލަންދޫ ދާއިރާގެ މެމްބަރު އަބުދުﷲ ހަލީލެވެ. އެ ބިލަކީ ޗައިނާއިން އިސްނަގައިގެން އުފައްދާ އެބޭންކުގައި ރާއްޖެ ބައިވެރިވުމާބެހޭ ކަންކަން ގާނޫނެއްގެ ދަށުން ހަމަޖެއްސުމަށް ހުށަހަޅާފައިވާ ބިލެކެވެ.

ހޮޅުދޫ ދައިރާގެ މެންބަރު އަލީ މުހައްމަދު ހުށަހެޅުއްވި މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހުގެނައުމުގެ ބިލަކީމަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ ދަށުން އުފައްދަން ޖެހޭ އެކި އެކި މަރުކަޒުތައް ވަކިވަކިން ހުޅުވުމުގެ ބަދަލުގައި އެއް ފުރާޅަކަށް ގެނައުމުގެ ބިލެވެ.

ޓްރާންސްޕޯޓު އޮތީރިޓީގެ ބިލަކީ ދަތުރުފަތުރުގެ ކަންކަން ހަރުދަނާ ކުރުމަށާއި، ކަމާ ގުޅޭ އިދާރާއަކުން އެފަދަ ކަންކަން ތަންޒީމު ކުރަމުން ގެންދިއުމުގެ ބޭނުމަށް ހުށަހެޅި ބިލެކެވެ.