ދިރާގު

ދިރާގުން އީދާ ދިމާކޮށް ހާއްސަ އޮފާތަކެއް

May 13, 2021

މި އަހަރުގެ ފިޠުރު ޢީދުގައި އާއިލާއާއި ރައްޓެހިންނަށް ގުޅަން ދިރާގުން ހާއްސަ ތަކެއް ތައާރަފުކޮށްފި އެވެ.

ކޮވިޑް19 ގެ ހާލަތު ގޯސްވުމާ ގުޅިގެން ގްރޭޓާ މާލެ ރީޖަންގައި އިތުރު ފިޔަވަޅުތައް އެޅުމާ ގުޅިގެން، މި އަހަރުގެ ފިތުރު އީދު ފާހަގަކުރަން ޖެހިފައި މި ވަނީ ގޭގައި ތިބެގެންނެވެ.

ދިރާގުން ބުނީ އެހެންކަމުން، މި ދަނޑިވަޅުގައި އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އީދު ދުވަހު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެކަކު އަނެކަކާ ގުޅުވައިދިނުމަށް ކަމަށެވެ. އެގޮތުން، މި އަހަރު ރަމަޟާން މަހު ތައާރަފުކުރި ޑޭޓާ ބަންޑަލްތަކުގެ އެލަވަންސް ޑަބަލް ކޮށް، އަގަށް އިތުރު ބަދަލެއް ނުގެނެސް ވަނީ ޢީދު ޑޭޓާ ބަންޑަލްތަކުގެ ނަމުގައި ތައާރަފުކޮށްފައިވާނެ ކަމަށެވެ.

މިހާރު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރަމުންނަށް އެންމެ 45 ރުފިޔާ އަށް އީދު 20ޖީބީ އެފްބީބީ ޑޭޓާ ބޫސްޓާ އެކްޓިވޭޓް ކުރެއްވޭނެ އެވެ. އަދި ހަމައެއާއެކު، ދިރާގު މޮބައިލް ކަސްޓަމަރުންނަށް 200 ރުފިޔާ އަށް އީދު 7 ޖީބީ ޑޭޓާ ބަންޑަލް އަދި 300 ރުފިޔާއަށް ޢީދު 14 ޖީބީގެ ބަންޑަލް އެކްޓިވޭޓް ކުރެއްވޭނެ އެވެ.

މޮބައިލް ޑޭޓާ ބަންޑަލްތައް 30 ދުވަހުގެ މުއްދަތަށް ބޭނުން ކުރެއްވޭނެއެވެ އަދި އެފްބީބީ ޑޭޓާ ބޫސްޓާ މޭ މަސް ނިމެންދެން ބޭނުނުން ކުރެއްވޭނެ އެވެ. ކަސްޓަމަރުން މި ބަންޑަލްތައް އެކްޓިވޭޓް ކުރެއްވުމަށް 13 މޭ 2021 އިން 15 މޭ 2021 އާ ދެމެދު ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ނުވަތަ 343 އަށް ކީވޯޑް އެސްއެމްއެސް ކުރައްވައިގެން ވާނެ އެވެ.

އެ ކުންފުނިން ބުނީ މުޖުތަމައު އަށް އެހީތެރިވުމުގެގޮތުންނާއި ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން، މި އަހަރުގެ ރަމަޟާން މަހުގެ އޮފާ އެކޭ އެއް ފަދައިން ޢީދު ޑޭޓާ ބަންޑަލްސް ބައްލަވައިގަންނަވަން ކަސްޓަމަރުން ކުރައްވާ ހަރަދުގެ 10 ޕަސެންޓް މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ އަށް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށެވެ.

ކޮވިޑް19 ގެ ހާލަތު ދުވަހުން ދުވަހަށް ބަދަލުވަމުން ދާ މި ދަނޑިވަޅުގައި ދިރާގުން އެންމެ ބޮޑު އިސްކަމެއް ދެނީ މި ދަނޑިވަޅުގައި ކަސްޓަމަރުންނާއި މުޖުތަމައަށް ޑިޖިޓަލް ހިދުމަތްތަކުން އިތުރު ލުއި ފަސޭހަތައް ފޯރުކޮށްދިނުމަށެވެ.