ކަނޑުމަތީގައި ތަފާތު ހާދިސާތައް ދިމާވެ އޮޑި ފަހަރު ހަލާކުވެ ހާދިސާތައް ހިނގަ އެވެ. ބައެއް ފަހަރު އޮޑީގައި ރޯވެ އަނދާ އަޅިއަށްވެ އެވެ. އަނެއްބައި ފަހަރު އޮޑި ފަރަށް އަރައި ގެއްލުންވެ އެވެ. ގިނަ ފަހަރު ވާގޮތަކީ މި ފަދަ ހާދިސާއެއް ދިމާވުމުން ދެން ހަދާނެ ގޮތެއް ނޭނގި އޮޑިވެރިޔާ ގޮތް ހުސްވުމެވެ. މިގޮތަށް ގޮތް ހުސްވާން ޖެހެނީ ގިނަ ފަހަރު އޮޑި އިންޝުއާ ކޮށްފައި ނެތުމުންނެވެ. މިފަދަ ހާލަތްތަކުގައި ލިބޭ ގެއްލުމުން އަރައިގަންނަން ދަތިވެ، ހިދުމަތް ނުވަތަ ވިޔަފާރި ހުއްޓިގެންދެ އެވެ.
މިފަދަ ގެއްލުން ތަކުން އަރައި ގަންނަން އޮތް ހައްލަކީ ކޮބައި ހެއްޔެވެ؟ މީގެ ހައްލު އެލައިޑް އިންޝުއަރަންސުން ގެންގުޅެ އެވެ. އެ ކުންފުނިން ވިއްކާ ހަލް އިންޝުއަރަންސް ފަރުމާކޮށްފައިވަނީ މިފަދަ ގިނަ ހާދިސާ ތަކުން ރައްކާތެރިކަން ލިބޭ ގޮތަކަށެވެ.
ހަލް އިންޝުއަރެންސުން ރައްކާތެރިކަން ލިބޭނީ ހަމައެކަނި އޮޑިއަށް ލިބޭ ގެއްލުން ތަކަށް ހެއްޔެވެ؟ އޮޑީގައި ދެން ހުރި އަގު ބޮޑު މުދަލަށް ބަދަލު ލިބިދޭނެ ހެއްޔެވެ؟
މި އިންޝުއަރެންސް ފަރުމާކޮށްފައިވަނީ މި ހުރިހާ އެއްޗެއް ރައްކާތެރިކޮށްދޭ ގޮތަށެވެ. މި އިންޝުއަރެންސް ނެގުމުން ދޯނީގައި ހުންނަ އިންޖީނާއި ޖަނަރޭޓަރު އަދި ފެން ޕަންޕުގެ އިތުރުން ޖީޕީއެސް ފަދަ އަގު ބޮޑު އިކްއިޕްމަންޓް ވެސް ރައްކާތެރިކޮށްދޭނެ އެވެ. މިއީ އޮޑިވެރިޔާ އަށް ލިބިދޭނެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.
މި ޕޮލިސީން ބަދަލު ލިބޭނީ ކޮންކޮން ހާދިސާ ތަކެއް ދިމާވުމުން ހެއްޔެވެ؟ މި ޕޮލިސީ ނަގައި އޮޑިވެރިޔާގެ އޮޑިއަށް މޫސުން ގޯސްވުމުން ލިބޭ ގެއްލުމާއި އަލިފާނުގެ ހާދިސާ ތަކުން ލިބޭ ގެއްލުން އަދި އޮޑިބެހިގެން ދިއުމުން ލިބޭ ގެއްލުމުގެ އިތުރުން ކަނޑުމަތީގެ އެހެން ހާދިސާ ތަކުން ލިބޭ ގެއްލުމަށްވެސް ބަދަލު ނަގައިދެ އެވެ.
ހަލް އިންޝުއަރެންސުގެ ދެ ވައްތަރެއް ހުރެ އެވެ. އެއް ވައްތަރަކީ އޮޑިއެއްކޮށް ހަލާކުވުމުން ބަދަލު ލިބިދޭ "ޓޯޓަލް ލޮސް ކަވާ" އެވެ. އަނެއް އިންޝުއަރެންސަކީ ހުރިހާ ކަވަރޭޖެއް ހިމެނޭ "ފުލް ކަވާ" އެވެ. ފުލްކަވާ އިން އޮޑިއަށް ދިމާވާ ގިނަ ހާދިސާ ތަކުން ލިބޭ ގެއްލުމުން ރައްކާތެރިކަން ލިބިދޭނެ އެވެ. މި ޕެކޭޖު ފަރުމާކޮށްފައިވަނީ ބޭނުންވާ އެކި ބައިތައް އެޑްކޮށްލެވޭ "އެޑޯންތައް" ހިމަނައިގެންނެވެ.
ފުލްކަވާ ނަގާ އޮޑިވެރިޔާ އަށް ލިބިދޭނެ ޔަގީން ކަމަކީ ހާދިސާ ދިމާވާއިރު އޮޑިން ދަތުރު ކުރާ މީހުންނަށް ބަދަލު ލިބިދޭ ބައެއް ވެސް ހިމެނިފައިވުމެވެ. މިއީ ސަފާރީ އާއި މީހުން އުފުލާ އުޅަނދު ފަހަރަށް މުހިންމު އިންޝުއަރެންސަކަށް ވާނެ އެވެ.
މި ޕެކޭޖު ނަގާއިރު އެންމެ އިސްކަން ދޭންޖެހޭ ކަމަކީ އޮޑީގެ ހަމަ އަގު އިންޝުއަރެންސް ކުންފުންޏާ ހިއްސާ ކުރުމަށްފަހު މި ޕެކޭޖު ނެގުމެވެ. މިއީ ހާދިސާއެއް ހިނގުމުން ބަދަލު ލިބިދޭން ފަސޭހަ ވެގެން ދާނެ ކަމެކެވެ.
މި ކަމަކީ އިންޝުއަރެންސް ނަގާ ބައެއް އޮޑިވެރިންނަށް މަދުން ނަމަވެސް ކުރެވޭ ކަމެކެވެ. އިންޝުއަރެންސް ޕެކޭޖު ނަގަން އަހަރަކު އެއް ފަހަރު ދައްކާ ޕްރިމިއަމް ކުޑަކުރަން އޮޑީގެ ހަމައަގު ދަށް ކުރެ އެވެ. މިހެން ހެދުމުން ހާދިސާއެއް ދިމާވުމުން ބަދަލުގެ ގޮތުގައި ލިބޭ އަދަދު މަދުވެގެންދެ އެވެ. އޮޑިއަށް ލިބޭ ގެއްލުމަށްވުރެ އިންޝުއަރެންސް ކުންފުނިން ބަދަލުގެ ގޮތުގައި ލިބޭ އަދަދު މަދުވެ، އިންޝުއަރެންސު ނެގުމުގެ ހަގީގީ ބޭނުން ގެއްލިގެންދެ އެވެ. އެހެންވެ މިއީ ހަލް އިންޝުއަރެންސް ނަގާއިރު ސަމާލުކަންދޭން ޖެހޭ ކަމެކެވެ.
ހަލް ޕްލޭންގެ އިސްލާމިކް އިހްތިޔާރީ ބޭނުންވާ ފަރާތްތަކަށް އެލައިޑް އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލް މެދުވެރިކޮށް ހަލް ތަކާފުލް ވެސް ހިޔާރުކުރެވިދާނެ އެވެ. އެހެންވެ މިއީ ހަލް އިންޝުއަރެންސް ނަގާއިރު ސަމާލުކަންދޭން ޖެހޭ ކަމެކެވެ.