އެސްޓީއޯ

އެސްޓީއޯ އަށް 248 މިލިއަން ރުފިޔާ ލިބެން ޖެހޭ

May 19, 2021

އެސްޓީއޯ އިން މިދިޔަ އަހަރު ކުރި ވިޔަފާރިން ލިބެން ޖެހޭ ފައިސާ 248 މިލިއަން ރުފިޔާ އަށް އަރަ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓީއޯގެ މިދިޔަ އަހަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުން 2019 ވަނަ އަހަރު ނިމުނުއިރު އެ ކުންފުންޏަށް ލިބެން ޖެހޭ ފައިސާގެ އަދަދު އުޅެނީ 302 މިލިއަން ރުފިޔާގަ އެވެ. އަދި މި އަދަދު މިދިޔަ އަހަރު ހުރީ 248 މިލިއަން ރުފިޔާގަ އެވެ.

ސަރުކާރަށް ބޭނުންވާ ގިނަ މުދާ ގެނެސްދޭ ކުންފުނީގެ މާލީ ރިޕޯޓުގައިވާ ގޮތުން އެސްޓީއޯ ގްރޫޕަށް ލިބެން ޖެހޭ ފައިސާގެ އަދަދު 683 މިލިއަން ރުފިޔާ އަށް އަރަ އެވެ. އަދި 2019 ވަނަ އަހަރު ނިމުނުއިރު އެސްޓީއޯ ގްރޫޕަށް ލިބެން ޖެހޭ ފައިސާގެ އަދަދު ހުރީ 705 މިލިއަން ރުފިޔާގަ އެވެ.

މާލީ ރިޕޯޓް ދައްކާ ގޮތުގައި އެސްޓީއޯ ގްރޫޕުން މިދިޔަ އަހަރު 6.7 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެ އެވެ. އަދި އެ ކުންފުންޏަށް ގްރޫޕް ފައިދާގެ ގޮތުގައި 223 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް އެސްޓީއޯ އަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 431 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.