ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ފެނިގެން 67 ރަށެއް ބަންދު

ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެެއް ފެނުމާ ގުޅިގެން ޅ. އޮޅުވެލިފުއްޓާއި ށ. މިލަންްދޫ އަދި މ. މުއްޔަށް އަރާ ފޭބުން މަނާކޮށް ދެ ތިން ރަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިންއަށް ގެނެސްފި އެވެ.

މިއަދު މޮނިޓަރިންއަށް ގެނައި ރަށްތަކާއެކު މިވަގުތު 67 ރަށެއް މޮނިޓަރިންގައި އެބައޮތެވެ.

އެއީ ޅ. ނައިފަރާއި އދ. މާމިގިއްޔާއި ތ. މޭވަންޑޫ އާއި ތ. މަޑިފުއްޓާއި ބ. އޭދަފުއްޓާއި ކ. ހިންމަފުއްޓާއި ކ. ގުޅި އާއި ކ. މާފުއްޓާއި އއ. މަތިވެރި އާއި ލ. މާންދޫ އާއި ލ. ފޮނަދޫ އާއި ލ. ގަމާއި ގދ. ތިނަދޫ އާއި އއ. އުކުޅަހާއި ކ. ތުލުސްދޫ އާއި ލ. ދަނބިދޫ އާއި އއ. ރަސްދޫ އާއި އައްޑޫ ސިޓީ އާއި ހއ. ދިއްދޫ އާއި ފ. ފީއަލި އެވެ. މީގެ އިތުރުން އއ. ހިމަންދޫ އާއި ކ. ގުރައިދޫ އާއި ފ. ނިލަންދޫ އާއި ލ. އިސްދޫ އާއި އދ. ފެންފުއްޓާއި ލ. މާވަށުގެ އިތުރުން ފުވައްމުލަކު ސިޓީ އާއި ނ. ވެލިދޫ އާއި ށ. ޅައިމަގެވެ. އަދި ރ. ހުޅުދުއްފާރާއި ގދ. ގައްދޫ އާއި ބ. ތުޅާދޫ އާއި ވ. ފުލިދޫ އާއި އދ. މަހިބަދޫ އާއި ރ. މަޑުއްވަރީ އާއި އއ. ފެރިދޫ އާއި ކުޅުދުއްފުށި ސިޓީ އާއި ށ. ކަނޑިތީމާއި ށ. ގޮއިދޫ އާއި ކ. ކާށިދޫ އާއި ދ. ކުޑަހުވަދޫ އާއި ގއ. ދާންދޫ އާއި ޅ. ހިންނަވަރާއި ގއ. ގެމަނަފުއްޓާއި ދ. ބަނޑިދޫ އާއި ނ. ކެނދިކުޅުދޫ އާއި ތ. ގުރަައިދޫ އާއި ދ. ހުޅުދެލިވެސް އޮތީ ބަންދުކޮށްފައެވެ.

ވ. ކެޔޮދޫ އާއި ތ. ތިމަރަފައްޓާއި ގއ. ވިލިގިއްޔާއި ލ. ކަލައިދޫ އާއި އއ. ބޮޑުފުޅަދޫ އާއި މިލަންދޫ އާއި ނ. މާޅެންދޫ އާއި ދ. މާއެނބޫދޫ އާއި ކ. ދިއްފުއްޓާއި ލ. މާމެންދޫ އާއި ގދ. ވާދޫ އާއި ބ. ދަރަވަންދޫ އާއި ހއ. މުރައިދޫ އާއި ރ. އުނގޫފާރާއި ކ. ގާފަރުގެ އިތުރުން ނ. ލަންދޫ އާއި ފ. ބިލެއްދޫވެސް އޮތީ އެޗްޕީއޭގެ ބަންދުގައެވެ.