ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު

ބްލެކް ފަންގަސްކަން ޔަގީން ކުރެވޭނީ ރިޕޯޓް ލިބުމުން

May 20, 2021
1

ރާއްޖެ އިން މިހާތަނަށް މިއުކޯމައިކޯސިސް - ބްލެކް ފަންގަސް - ކޭހެއް ރިޕޯޓް ކުރެވިފައިނުވާ ކަމަށާ ނަމަވެސް ޝައްކު ކުރެވޭ މީހެއްގެ ހުރުމުން ޓެސްޓް ކުރަމުން އަންނަ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ރާއްޖެ އިން މިއުކޯމައިކޯސިސް ބަލިފެނިފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ބައެއް ޑޮކްޓަރުންވެސް ވަނީ އެފަދަ ކޭހެއް ފެނިގެން އިތުރަށް ޔަގީން ކުރަމުންދާ ކަމަށް ބުނެފައެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އިބްރާހިމް ޝިހާމް ވިދާޅުވީ މިއުކޯމައިކޯސިސްކަން ޔަގީން ކުރެވޭ ގޮތްތަކެއް ހުންނަ ކަމަށެވެ. މިހާތަނަށް ރާއްޖެއިން އެފަދަ ކޭހެއް ފެނިފައިނުވާ ކަމަށާ ނަމަވެސް ޝައްކު ކުރެވޭ މީހަކު ފެނުމުން އޭނާގެ ސާމްޕަލް ނަގާ ޓެސްޓް ކުރަމުންދާ ކަމަށެވެ. އަދި އެކަން ޔަގީން ކުރެވޭނީ ނަތީޖާތައް ލިބުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ފަންގަހަކުން ޖެހޭ މި ވައިރަސް ނޭވާލާ ނިޒާމާއި ހަންގަނޑުންވަދެ ސައިނަސް، ފުއްޕާމެ އާއި ގޮހޮރު ފަދަ އެކި ގުނަވަންތަކުގައި ފެތުރި އެތަން ހަލާކުކޮށް އެހިސާބު މަރާލާއެވެ. އަދި އެ ފެތުރޭ ތަނެއް ނަގަންވެސްޖެހިފައިވެއެވެ. މިއީ ހަކުރުބައްޔާއި ކެންސަރު އަދި ބޯންމެރޯހަދާފައިވާ މީހުންނަށް މި ބަލިޖެހުން އަވަހެވެ. އަދި ސުޓެރޮއިޑްފަދަ ބޭހުން ދިފާއީ ނިޒާމު ދަށް ނަމަ މިބަލިޖެހުމަށް މަގުފަހިވެއެވެ.

ކަނޑައެޅިގެން މި ޖަރާސީމު ދެނެގަނެވޭނެ ގޮތެއް ރާއްޖޭގައި ނެތެވެ. އެހެން ނަމަވެސް އަލާމާތްތަކަށް ބަލާ ބޭސްހުރި ނަމަ ފަރުވާ ދެވޭނެ ކަމަށް ބައެއް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.