ދުނިޔެ

އެންތަނީ ބްލިންކެން އިޒްރޭލަށާއި ހުޅަނގު އައްސޭރިއަށް

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އިޒްރޭލަށާއި، އިޒްރޭލުން ޖަހައިގެންފައިވާ ފަލަސްތީންގެ ހުޅަނގު އައްސޭރިއަށް ވަޑައިގަންނަވަނީ އެވެ. ވައިޓް ހައުސްއިން ބުނީ ސެކްރެޓަރީ އޮފް ސްޓޭޓް ކުރައްވަނީ ދެ ދުވަހުގެ ދަތުރުފުޅެއް ކަމަށާއި އެއީ މެއި 26 އާ 27 އަށް ކުރިއަށްދާ ދަތުރުފުޅެއް ކަމަށެވެ.

ވައިޓް ހައުސްއިން ބުނީ ބްލިންކެންގެ މިދަތުރުފުގެ ބޭނުމަކީ އިޒްރޭލާއި ހަމާސްއިން ހަމަލާ ބަދަލުކުރުން ހުއްޓާލުމާ ގުޅިގެން އިޒްރޭލާއި ފަލަސްތީން ސުލްހަކުރުމަށް ވޮޝިންޓަނަށް ކުރެވެން ހުރި ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވުން ކަމަށެވެ.

ބްލިންކެންގެ ދަތުރުފުޅާ ބެހޭ ތަފުސީލް އެމެރިކާއާއި އިޒްރޭލުން އަދި ފަލަސްތީނަކުން ވެސް އަދި ހާމައެއް ނުކުރެ އެވެ. މީޑިއާއަށް ހަމައެކަނި އެނގިފައި ވަނީ ބްލިންކެން މެދުއިރުމައްޗަށް ދަތުރުފުޅެއް ކުރައްވާ ކަމެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ބުނީ އިޒްރޭލާއި ފަލަސްތީން ސުލްހައަށް ރުޖޫއަވުމަށް ބްލިންކެން ބުދަ ބުރާސްފަތީގައި ކުރައްވާ ދަތުރުފުޅުގައި ބާރުއަޅުއްވާނެ ކަމަށެވެ.

މެދުއިރުމައްޗަށް ބްލިންކެން ކުރައްވާ ދަތުރުފުޅުގައި މިސްރަށް އަދި އުރުދުން އަށް ވެސް ވަޑައިގަންނަވާނެ އެވެ. މިސްރަށް ވަޑައިގަންނަވަނީ ހަމާސްއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ނުވާތީ އެވެ. އިޒްރޭލުން ޣައްޒާއަށް 11 ދުވަސް ވަންދެން ދިން މިސައިލް ހަމަލާތައް ހުއްޓާލީ މިސްރު މެދުވެރިވެ ދެކެވުނު ވާހަކަތަކަށް ފަހު އެވެ.

އިޒްރޭލަށް ވަޑައިގެން ބްލިންކެއް މަޝްވަރާކުރައްވާނެ މައުލޫތަކުގެ ތެރޭގައި އެމެރިކާއި އިޒްރޭލަށް ހަތިޔާރު ވިއްކުމާއި އެމެރިކާއިން ދޭ އެހީ ހިމެނެވެ. އާންމު އެޖެންޑާއެއްގައި މިވާހަކަތައް އަދި ނެތް ނަމަވެސް އިޒްރޭލުގެ ވާހަކައް ހުރި ގޮތުން މިކަން އެނގެ އެވެ.