ދުނިޔެ

އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން ހުސް އަތާ ރަށަށް

އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން -- މެދުއިރުމައްޗަށް ކުރެއްވި ދަތުރު ނިންމަވާލައްވައި ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ
0%
0%
0%

މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތެއްގައި އިޒުރޭލާއި ހަމާސްއާ ދެމެދު ކުރަން ފެށި ހަނގުރާމައަށް 10 މަސް ފުރި އިތުރުވީ އެވެ. ޣައްޒާ ހަނގުރާމައިގެ ނަމުން މަޝްހޫރުވެފައިވާ ގަތުލުއާންމު ހުއްޓުވުމުގެ ނިޔަތުގައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން މެދުއިރުމައްޗަށް ނުވަ ދަތުރުކުރައްވައިފި އެވެ.

އެންޓަނީ ބްލިންކެން މެދުއިރުމައްޗަށް ކުރެއްވި ނުވަ ވަނަ ދަތުރު ނިންމަވާލެއްވުމަށް ފަހު ވޮޝިންގްޓަނަށް ފުރާ ވަޑައިގަތުމުގެ ކުރިން ގަތަރުގެ ވެރިރަށް ދޯހާގައި މަޑުކުރެއްވި އެވެ. އެކަމަކު ގަތަރުގެ އަމީރު ޝައީޚް ތަމީމް ބިން ހަމަދު އާލްސާނީ ބައްދަލެއް ނުކުރެއްވި އެވެ.

ބްލިންކެންއަށް ދިމާވި މި ލަދުވެރިކަމުން ސަލާމަތްވެވަޑައިގަތުމަށް އޭޕްރަން މަތީގައި ސްޓޭޖަކަށް އަރާވަޑައިގެން ދެތިން ބަހެއް ވިދާޅުވި އެވެ. އެއަށް ފަހު ހުސް އަތާ ރަށަށް ވަޑައިގަތުމަށް މަތިންދާބޯޓަށް އަރައިވަޑައިގަތީ އެވެ.

އެންޓަނީ ބްލިންކެން މެދުއިރުމައްޗަށް ކުރައްވާ ކޮންމެ ދަތުރެއްގައި ގަތަރުގައި މަޑުކުރައްވަ އެވެ. މިސްރަށް ވަޑައިގެން ރައީސް އަބްދުލް ފައްތާހް އައްސީސީއާ މަޝްވަރާކުރައްވަ އެވެ.

ސައޫދީއަށް ވަޑައިގެން ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރުހާންއާ ބައްދަލުކުރައްވައި އަދި ބައެއް ފަހަރު އުރުދުންގެ އަބްދުﷲ ރަސްގެފާންއާ ވެސް ބައްދަލުކުރައްވަ އެވެ.

އެއަށް ފަހު ތެލް އަވީވަށް ވަޑައިގެން އިޒުރޭލުގެ ވެރިންނާ ބައްދަލުކުރައްވައި، ޣައްޒާއަށް އަޅާނެ އިތުރު ބޮން ދެއްވާނެ ކަމަށް ވިދާޅުވެ އެވެ.

ފަލަސްތީން އަނބިދަރިންނާއި ބަފައިން މަރާ ހުސްކުރުމަށް އުންޑަ ދެއްވާނެ ކަމަށާއި ފަލަސްތީންގެ ރައްޔިތުން ބަނޑަށް ޖެއްސުމަކީ މޮޅު ޚިޔާލެއް ކަމަށް ޒަޔަނިސްޓު ވެރިންނަށް ދަންނަވާނެ އެވެ.

މެދުއިރުމައްޗަށް ވަޑައިގެން އަރަބި ވެރިންނާ ބައްދަލުކުރައްވައި ޣައްޒާ ހަނގުރާމަ ނުހުއްޓިގެން ބްލިކެން ކޮންމެ ފަހަރަކު ކީރިތިކުރައްވަ އެވެ. އެކަމަކު މި ހަނގުރާމަ އަކީ އެމެރިކާއިން ސާމާނުދީގެން ޒަޔަނިސްޓުން އެމެރިކާއަށް ކޮށްދޭ ހަނގުރާމައެއްކަން ބްލިންކެންއަށް އެނގިވަޑައެއް ނުގަންނަވަ އެވެ.

އެންޓަނީ ބްލިންކެން މި ފަހަރު މެދުއިރުމައްޗަށް ވަޑައިގެން މަސައްކަތްކުރެއްވީ އިޒުރޭލުން އެއްބަސްވެފައި އޮތް ސުލްހައިގެ އެއްބަސްވުމަކަށް ހަމާސް އެއްބަސްކުރުވުމަށެވެ.

މި އެއްބަސްވުން އޮތީ ހަމާސްއިން އެދުނު ގޮތަކަށް ނޫން ކަމަށް އެ ޖަމާއަތުން ބުނި ނަމަވެސް، ބްލިންކެން ވިދާޅުވީ މިއީ ޣައްޒާ ހަނގުރާމަ ހުއްޓުވަން އެންމެ ފަހުގެ ފުރުސަތަށް ވެދާނެ ކަމަށެވެ.

ހަމާސްއިން ބުނި ގޮތުން ސުލްހައިގެ އެއްބަސްވުން އޮތީ އިޒުރޭލުން ބޭނުންވާ ގޮތަށް ހުރިހަާ ފައިދާއެއް ޒަޔަނިސްޓުންނަށް ފަހިކޮށެވެ. އެއްބަސްވުން މިހާރު އޮތް ގޮތަށް އޮއްވައި -- އެއަށް އެއްބަސްނުވާނެ ކަމަށް ހަމާސްއިން ވަނީ ބުނެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910