ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ސޯޝަލް ސެންޓަރުގައި ސާމްޕަލް ނަގައިދޭ ސެންޓަރެއް

May 23, 2021

ސޯޝަލް ސެންޓަރުގައި ކޮވިޑް 19ގެ ސާމްޕަލް ނެގުމަށް ސެންޓަރެއް ގާއިމުކޮށްފި އެވެ.

އެޗްޕީއޭ އިން ސޯޝަލް ސެންޓަރުގައި ސާމްޕަލް ސެންޓަރެއް ގާއިމުކޮށްފައި މިވަނީ ސާމްޕަލް ނަގާ ކިއުތައް ދިގުވެ، ސެންޓަރުތައް ތޮއްޖެހޭތީ އެވެ.

ސޯޝަލް ސެންޓަރުގައި އަލަށް ގާއިމުކުރެވުނު ސާމްޕަލް ސެންޓަރުން މިއަދުން ފެށިގެން ކޮންމެ ދުވަހަކު މެންދުރުފަހު 1:00 އިން މެންދުރުފަހު 3:30 އަށް ސާމްޕަލް ނެގުމުގެ ހިދުމަތް ލިބިގެންދާނެ އެވެ.

ކުރިން ސޯޝަލް ސެންޓަރަކީ ހަމައެކަނި ވެކްސިން ސެންޓަރެކެވެ. ނަމަވެސް ވެކްސިންގެ އިތުރުން މިހާރު ސާމްޕަލް ނެގުމުގެ ހިދުމަތް ވެސް ކަނޑައެޅިފައިވާ ވަގުތުތަކުގައި އެ ސެންޓަރުން ލިބޭނެ ކަމަށް އެޗްޕީއޭ އިން މައުލޫމާތު ދެއެވެ.

އަލަށް ގާއިމުކުރި ސާމްޕަލް ސެންޓަރާއެކު މާލެ ސަރަހައްދުގައި ހަ ސެންޓަރަކުން އަންނަނީ ސާމްޕަލް ނެގުމުގެ ހިދުމަތް ދެމުންނެވެ. އެއީ މާލެހިޔާ ފުލޫ ކްލިނިކް، ހުޅުމާލެ ފްލޫ ކްލިނިކް، ވިލިމާލެ ފްލޫ ކްލިނިކް، ސެނަހިޔާ، އަދި ހެންވޭރު މުނިއުފާ ސާމްޕަލް ކަލެކްޝަން ސެންޓަރެވެ. މީގެ އިތުރުން ބައެއް ސަރަހައްދުތަކުގައި ރެންޑަމް ސާމްޕަލް ވެސް ނަގައިދެ އެވެ.

ސާމްޕަލް ނަގަން ބޭނުންވާ މީހުންގެ އަދަދު ގިނަވެ ސެންޓަރުތައް ކައިރީ އޮންނަނީ ބޮޑު ކިއޫ ހަދާފަ އެވެ. މިއީ ވެސް ބަލި އިތުރަށް ފެތުރެން މަގުފަހިވާ ކަމެކެވެ.