ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ކޮވިޑް ވެކްސިން ދިނުން އައިޖީއެމްއެޗް ނާސިން އޯޕީޑީއަށް ބަދަލުކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކޮވިޑް-19 ވެކްސިން ޖައްސަވަނީ: ވެކްސިން ދިނުން އައިޖީއެމްއެޗް ނާސިން އޯޕީޑީއަށް ވަނީ ބަދަލުކޮށްފަ
0%
0%
0%

ދަރުމަވަންތަ ހޮސްޕިޓަލްގައި ކުރިއަށް ގެންދިޔަ ކޮވިޑް-19 ވެކްސިން ދިނުން އައިޖީއެމްއެޗް ނާސިން އޯޕީޑީއަށް ބަދަލުކޮށްފި އެވެ.

އެޗްޕީއޭއިން މިއަދު ބުނި ގޮތުގައި އައިޖީއެމްއެޗް ނާސިން އޯޕީޑީގައި ކޮވިޑް-19 ވެކްސިން ދިނުން އޮންނާނީ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 12:00 އަށެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00 އިން މެންދުރުފަހު 3:00 އަށް ވެކްސިން ދިނުން ކުރިއަށް ދާނެ އެވެ. ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު މެންދުރުފަހު 1:00 އިން މެންދުރުފަހު 3:00 އަށް ދަމަނަވެށީގައި ވެސް ވެކްސިން ދިނުން ކުރިއަށް ދާނެ އެވެ.

އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލް އަދި ދަމަނަވެށީގައިވެސް ދޭނީ ފައިޒާ ވެކްސިން އެވެ.

އެޗްޕީއޭ އިން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 11 އިން 17 އަށް ރާއްޖެއިން ކޮވިޑް-19 ގެ 38 ކޭސް ވަނީ ރިޕޯޓްކޮށްފަ އެވެ. މީގެތެރޭގައި މާލޭ ސަރަހައްދުން ކޮވިޑް-19 ޖެހުނު 15 މީހުން ހިމެނެ އެވެ. މިއާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 185،004 އަށް އަރާފަ އެވެ. ކޮވިޑްގައި މިހާތަނަށް ރާއްޖެއިން 308 މީހުން މަރުވެފައިވެ އެވެ.

މިހާތަނަށް 399،095 މީހުން ވަނީ ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަ އެެވެ. ދެވަނަ ޑޯޒް ޖަހާފައިވަނީ 384،954 މީހުންނެވެ. ބޫސްޓާ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 166،867 މީހުންނެވެ. ބޫސްޓާ ދެވަނަ ޑޯޒް ޖަހާފައިވަނީ 1277 މީހުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910