ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައިޖީއެމްއެޗް

ހުމާއި ރޯގާ އިތުރުވެ އައިޖީއެމްއެޗްގައި ފްލޫ ކްލިނިކެއް

ހުމާއި ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކަން އަންނަ މީހުން އިތުރުވެފައިވާތީ އައިޖީއެމްއެޗްގައި ފްލޫ ކްލިނިކެއް ހުޅުވައިފި އެވެ.

އައިޖީއެމްއެޗް އިން ބުނީ ހުމާއި ރޯގާ ޖެހިގެން އަންނަ ބަލި މީހުންގެ އަދަދު އިތުރުވަމުން ދާތީ މިމަހުގެ 23 ވަނަ ދުވަހު ފްލޫ ކްލިނިކެއް ގާއިމްކޮށް ހިދުމަތް ދޭން ފަށައިފައިވާ ކަމަށެވެ.

އެފަދަ ބަލި މީހުން ޑޮކްޓަރަށް ދެން ދައްކަން ޖެހޭނީ ފްލޫ ކްލިނިކަށެވެ. މި ކްލިނިކުން ހިދުމަތް ލިބޭނީ ހެނދުނު 8:00 އިން ރޭގަނޑު 11:00 އަށެވެ.

ހުމާއި ރޯގާ ޖެހޭ މިންވަރު އިތުރުވެފައިވާއިރު، ރާއްޖޭގައި އަނެއްކާވެސް ކޮވިޑް ކޭސްތައް އިތުރުވަމުން އަންނަ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ކޮވިޑް ކޭސްތައް އިތުރުވުމާއި ގުޅިގެން މީގެ ކުރިން ވެސް އެ ހޮސްޕިޓަލުގައި ފްލޫ ކްލިނިކްގެ ހިދުމަތް ދިނެވެ. އެކަމަކު ކޭސްތައް މަދުވުމުން ކްލިނިކްގެ ހިދުމަތް ދިނުން ހުއްޓާލީ އެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑް ޖެހިފައިވަނީ 142 މީހުންނަށެވެ. އެކަމަކު މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށް 405 މީހަކަށް ބަލި ޖެހިފައިވެ އެވެ.

ކޭސްތައް އިތުރުވަމުން ދާތީ ރައްކާތެރިވުމުގެ ގޮތުން ކުރިން އަޅަމުން އައި ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން މާސްކް އެޅުމަށް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ.