ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގެ އިތުރު މަރެއް، ނަންބަރު 264 އަށް

Jan 6, 2022

ކޮވިޑް-19 ޖެހުނު އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ ރޭ މެންދަމު އައިޖީއެމްއެޗްގެ އީއާރަށް ގެނެވުނު މީހަކު މަރުވެފައިވާ ކަމަށެވެ. އެއީ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ މަރަކީ ކޮވިޑް މަރެއް ކަމަށް ކަނޑައެޅުމުން ކޮވިޑް މަރުގެ ނަންބަރު ވަނީ 262 އަށް އަރާފަ އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ދަނީ ގޯސްވަމުންނެވެ. ކޮވިޑް ނަންބަރު 200 އިން މަތީގައި ހުންނަތާ ހަތަރު ދުވަސް ވަނީ ވެފައެވެ.

އިއްޔެގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 102 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއީ މި ފަހުން މާލެ ސަރަހައްދުން އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވީ ދުވަހެވެ. ޕޮޒިޓިވް މީހުންގެ ތެރެއިން 48 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ.

ރިސޯޓްތަކުން 74 މީހަކު ޕޮޒިޓިވްވެފައި ވެއެެވެ. ޓެސްޓްކޮށްފައިވަނީ 4،130 ސާމްޕަލް އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 2،734 މީހުންނެވެ. މިހާތަނަށް 93،736 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 13 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.