ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި 37 އަހަރުގެ މީހަކު މަރުވެއްޖެ

ކޮވިޑް-19 ޖެހިގެން އުމުރުން 37 އަހަރުގެ މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ ހަވީރު 4:24 ގައި މަރުވެފައިވަނީ ޝްރީލަންކާގެ ރައްޔިތެއް ކަމަށެވެ. އެއީ އައިޖީއެމްއެޗްގެ އީއާރަށް ފަރުވާއަށް ގެނެވުނު މީހެކެވެ.

ކޮވިޑް-19 ޖެހިގެން ދ. ބަނޑިދޫއިންވެސް މިއަދު ވަނީ މީހަކު މަރުވެފައެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ހެނދުނު 11:17 ގައި މަރުވެފައިވަނީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިއީ ކޮވިޑްގައި ބަނޑިދޫއިން މީހަކު މަރުވި ފުރަތަމަ ފަހަރެވެ.

އެ އާއިލާގެ މެންބަރަކު ބުނީ އެ މީހާއަށް ކޮވިޑް ޖެހުނީ މީގެ 17 ވަރަކަށް ދުވަސް ކުރިން ކަމަށާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުމުން ލ އަތޮޅު ކޮވިޑް ފެސިލިޓީއަށް ގެންދަން ނިންމި ނަމަވެސް އެކަމަށް އެއްބަސް ނުވެވުނީ އެހީތެރިއަކާއެކު ގެންދަން ހުއްދަ ނުލިބުމުން ކަމަށެވެ. ނަމަވެސް ހާލަތު މާބޮޑަށް ގޯސްވުމުން މިއަދު ފެސިލިޓީއަށް ފޮނުވަން ނިންމާ ސިފައިން އަންނަން ހަމަޖެހިފައި އޮއްވާ މަރުވީ ކަމަށެވެ.

މިއަދުގެ މަރާއެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 176 އަށް އަރާފައެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 23،375 މީހުންނެވެ. މިހާތަނަށް 43،959 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 197 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.