ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑަށް ޕޮޒިޓިވް ބިދޭސީއެއްގެ ހާލު ސީރިއަސްވެ، ފަރުވާދެނީ

ރާއްޖެއިން ކޮވިޑް-19 ޖެހުނު ބިދޭސީއެއްގެ ހާލު ސީރިއަސްވެ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހާލު ސީރިއަސްވެ ފަރުވާދެމުންދަނީ ބަންގްލަދޭޝްގެ ރައްޔިތަކަށް ކަމަށާއި އޭނާ މިހާރު އައިޖީއެމްއެޗަށް ބަދަލުކޮށް ސީރިއަސް ހާލަތުގައި ފަރުވާ ދެމުންދާ ކަމަށެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން ފަސް މީހަކަށް މިހާރުވެސް ދަރުމަވަންތަ ހޮސްޕޮިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުންދާއިރު އުމުރުން 88 އަހަރުގެ މީހެއްގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި އިތުރު ދެމީހަކަށް އޮކްސިޖެން ދެމުންދާއިރު ބާކީ ތިބި ދެމީހުންގެ ހާލު ރަނގަޅު ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 500 އަށްވުރެ މައްޗަށް ގޮސްފައިވާއިރު މި ބަލީގައި ރާއްޖެއިން މިހާތަނަށް އުމުރުން ދުވަސްވީ އަންހެނަކު ވަނީ މަރުވެފަ އެވެ. ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. އޭގެ ތެރޭގައި ބަންގްލަދޭޝްއަށް ނިސްބަތްވާ ގިނަ އަދަދެއްގެ މީހުން ހިމެނެ އެވެ.