ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ ދެ މީހަކު މަރުވެއްޖެ

May 24, 2021

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ ދެ މީހަކު މަރުވެއްޖެ އެވެ.

ރޭ މެންދަމު 2:00 ޖެހި އިރު މަރުވި މީހަކީ 81 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވީ އައިޖީއެމްއެޗްގެ އެމަޖެންސީއަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. އޭނާއަކީ ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވި 130 ވަނަ މީހާ އެވެ.

ކޮވިޑް ބަލީގައި މަރުވި ދެވަނަ މީހަކީ އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވީ ހުޅުމާލޭގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހު 4:25 ހާއިރު އެވެ. މިއީ ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވި 131 ވަނަ މީހާ އެވެ.

ކޮވިޑްގައި މިއަދު މަރުވި ދެ މީހުންނާއެކު މި މަހުގެ މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 58 އަށަކަށް އަރާފަ އެވެ.

ކޮވިޑްގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވެ މަރުވާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ރާއްޖެއިން އިތުރު 1،559 މީހަކު ކޮވިޑް-19 އަށް އިއްޔެ އެކަނިވެސް ޕޮޒިޓިވް ވެފައިވާއިރު ރާއްޖޭގެ ކޮވިޑް ނަންބަރު މިހާރު ވަނީ 55،924 އަށް އަރާފަ އެވެ.