ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ދުވަސް ފެށީ ކޮވިޑްގެ 4 މަރުން

ކޮވިޑް-19 ގައި މިއަދުގެ މިހާތަނަށް ހަތަރު މީހުން މަރު ވެއްޖެ އެވެ.

ކޮވިޑްގައި މަރުވި ހަތަރު މީހުންގެ ތެރެއިން ތިން މީހުނަކީ ހުޅުމާލޭގެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހުނެވެ. އެކަކު މަރުވީ ރޭ 12:42 ހާއިރު އެވެ. އެއީ 64 އަހަރުގެ އަންހެނެކެވެ. އަދި ރޭ 12:52 ހާއިރު 79 އަހަރުގެ އަންހެނަކު ކޮވިޑްގައި މަރުވެފައި ވެއެވެ.

މީގެ އިތުރުން މިއަދު ހެނދުނު 7:17 ހާއިރު 68 އަހަރުގެ އިތުރު އަންހެނަކު މަރުވެފައި ވެއެވެ.

މިއަދު ދެން މަރުވެފައި ވަނީ 28 އަހަރުގެ ޒުވާން އަންހެނެކެވެ. އެއީ މައި ހޮސްޕިޓަލް، ދަރުމަވަންތައިގެ 11 ވަނަ ފްލޯގައި އޮތް މީހެކެވެ. އޭނާ މަރުވެފައި ވަނީ ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި އޮއްވަ އެވެ.

މި ހަތަރު މަރާއެކު ރާއްޖެއިން ކޮވިޑް ޖެހެގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 182 އަށް އަރާފަ އެވެ.