ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

މިއަދުގެ ތިންވަނަ މަރު، ކޮވިޑް މަރު 161 އަށް

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި އިތުރު މީހަކު މަރުވެއްޖެ އެވެ. މިއީ މިއަދުގެ ތިންވަނަ މަރެވެ.

އެޗްޕީއޭއިން ބުނީ މިއަދު މެންދުރު ފަހު 3:00 ގައި މަރުވެފައިވަނީ އުމުރުން 58 އަަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެއީ އައިޖީއެމްއެޗްގެ އީއާރަށް ގެނެސް ފަރުވާ ދެމުންދިޔަ މީހެކެވެ.

މިއަދު 3:39 ގައި މަރުވީ އުމުރުން 562 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ ދިވެހިންގެ މައި ހޮސްޕިޓަލް ދަރުމަވަންތާގައި ފަރުވާ ހޯދަމުން އައި މީހެކެވެ.

މިއަދު ހެނދުނު 6:37 ގައި މަރުވީ ދިވެހި އަންހެނެކެވެ. އުމުރުން 83 އަހަރުގެ އެ މީހާ މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އައި މީހެކެވެ.

މިއަދު ނިމޭ މެއި މަހަކީ ކޮވިޑްގައި ރާއްޖެއިން ހޭދަކުރި އެންމެ ހާލަތު ގޯސް މަހެވެ. މި މަހު އެކަނިވެސް 88 މީހަކު ވަނީ މަރުވެފައެވެ. ކޮވިޑްގައި ރާއްޖެއިން މަރުވި މީހުންގެ އަދަދަކީ 161 އެވެ.