ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް: މިވަގުތުވެސް 11 މީހަކު ވެންޓިލޭޓަރުގައި

0%
0%
0%

ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން 11 މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު އެޗްއީއޯސީން ބުނެފި އެވެ.

މިވަގުތު އެޑްމިޓްކޮށްގެން ފަރުވާ ދެމުންްދަނީ 197 މީހަކަށެވެ. އޭގެ ތެރެއިން 110 މީހަކަށް ފަރުވާ ދެނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައެވެ. އެ މީހުންގެ ތެރެއިން ނުވަ މީހަކު އޮތީ އައިސީޔޫގައެވެ. ފަސް މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައެވެ.

ކޮވިޑްގެ އެންމެ ހާލު ބޮޑު ބަލި މީހުންނަށް ހާއްސަކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގެ އައިސީޔޫގައި އަށް މީހަކު އެބަ އޮތެވެ. ހަ މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ 16 ވަނަ ފަންގިފިލާގައި ހަ މީހަކު އަދި ޑީއެޗް 17 ގައި ހަ މީހަކު އެބަ އޮތެވެ.

އައިޖީއެމްއެޗްގެ ހިޔާ ވިންގުގައި ފަސް މީހަކު އަދި އައިޖީއެމްއެޗްގެ ޕްރައިވެޓް ވޯޑްގައި ފަސް މީހަކު އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑަށް ހާއްސަކޮށްފައިވާ ހުޅުމާލެ ހޮސްޕިޓަލްގައި އޮތީ 26 މީހެކެވެ.

ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ދެމުން ދަނިކޮށް މިހާތަނަށް 197 މީހަކު ވަނީ މަރުވެފައެވެ. މި މަހުގެ ނިމިދިޔަ ދެ ދުވަހު 11 މީހަކު ވަނީ މަރުވެފައެވެ. މެއި މަހު އެކަނިވެސް 88 މީހަކު މަރުވިއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910