މުލިއާގެ

މުލިއާގެ ވަށައި ކާނުތައް މަދު ކުރަނީ

May 24, 2021

ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ރަސްމީ ގެކޮޅު، މުލިއާގެ ވަށައިގެން ހުރި ކާނުތައް މަދު ކުރަން ފަށައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ އެ މަސައްކަތް ފަށައިފައި ވަނީ އެމްއެންޑީއެފުން އެކަމަށް އެދިގެން ކަމަށާއި އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސެކިއުރިޓީގެ ބޭނުމަށް ފެށި މަސައްކަތެއް ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މާލޭގައި އެއްޗެއް ގޮއްވާލި ހާދިސާ އާއި ގުޅިގެން ސެކިއުރިޓީ ހަރުދަނާ ކުރަން އެންމެންޑީއެފުން އެދޭ ކަން ކަމުގައި ކައުންސިލްގެ އެއްބާރުލުން ދޭނެ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

މި މަހުގެ ހަ ވަނަ ދުވަހު ދިން ހަމަލާއާ ގުޅިގެން މާލޭގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަ ކޮށްފަ އެވެ.

ރައީސް ނަޝީދު ދިރިއުޅުއްވާ ނީލޯފަރު ގޯޅީގައި ބަހައްޓާފައިހުރި ސައިކަލުތައް ނެގުމަށް އެމްއެންޑީއެފުން ކުރީގެ ކައުންސިލުގައި އެދުނެވެ. ރައީސް ނަޝީދަށް ހަމަލާ ދީފައި ވަނީ ކައުންސިލުން އެކަން ނުކޮށް އޮއްވަ އެވެ.