ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

އޮކްސިޖަނާއެކު ކައްކަން ހުރި މީހާގެ ފޮޓޯ ބަހުސަކަށް

ކޮވިޑް-19 އިގެ ވަބާގައި އިންޑިޔާގެ އެތައް ބަޔަކު ދަނީ މަރާ ހަނގުރާމަ ކުރަމުންނެވެ. އެއް ބަޔަކު ގޭގައި ތިބެންނެވެ. އަނެއްބަޔަކު ހޮސްޕިޓަލުގައި ތިބެގެންނެވެ.

މީގެ ދެ ދުވަހެއް ކުރިން ސޯޝަލް މީޑިއާގައި ވައިރަލް ވެފައިވާ އެއް މަންޒަރަކީ ކޮވިޑް ޖެހިފައިވާ އަންހެނަކު ގޭގައި ކައްކަން ހުއްޓާ ނަގާފައިވާ ފޮޓޯއެކެވެ. އޮކްސިޖަން ގުޅައިގެން މި މީހާ ބަދިގޭގައި މަސައްކަތް ކުރާ ތަން މި ފޮޓޯގައި ފެނެ އެވެ. މި ފޮޓޯ ބަލާފައި ގިނަ ބަޔަކު ވަނީ ވަރަށް ބަހުސެއް މިކަމާ ގުޅޭ ގޮތުން ކުރަން ފަށާފަ އެވެ.

މި އަންހެން މީހާގެ ފޮޓޯ ސޯޝަލް މީޑިއާގައި ޝެއާކުރީ އޭނާގެ ފިރިހެން ދަރިފުޅެކެވެ. ފޮޓޯ ޝެއާ ކުރަމުން އޭނާ ބުނެފައި ވަނީ ފޮޓޯއިން ފެންނަނީ އޭނާގެ މަންމަ އޭނާ ދެކެ ވާ ލޯބި ކަމަށެވެ.

"ޝަރުތެއް ނެތް ލޯތްބެއް ވެވޭނީ ހަމައެކަނި މަންމައަކަށް. މަންމައަކު ދުވަހަކު ވެސް ޑިއުޓީގައި ނުހުންނަ އިރެއް ނުދާނެ،" މި ފޮޓޮއާއެކު އަންހެންމީހާގެ ދަރިފުޅު ލިޔެފައިވާ ލިޔުމުގެ ޖުމްލަ މާނައިގައި ބުނެފައި ވެއެވެ.

މި ފޮޓޯ ވައިރަލް ވުމާއެކު ގިނަ ބަޔަކު އަންހެންމީހާގެ ދަރިފުޅަށް ފާޑުކިއުން އަމާޒު ކޮށްފައި ވެއެވެ. އެހާ ބަލިވެ އުޅޭއިރު ވެސް މަންމަ ލައްވާ ކައްކުވާތީ އެވެ. އަދި މަންމަގެ ބަލި ހާލަތުން މަޝްހޫރުކަން ހޯދަން މަސައްކަތް ކުރާތީ އެވެ.

އަންހެނުން ހާއްސަކޮށް މަންމައިން ކޮންމެ ފަދަ ހާލަތެއްގައި ވެސް އެމީހުންގެ ޑިއުޓީން އެއްކިބާ ނުވެވޭނެކަން މި ފޮޓޯއިން ސާބިތު ކޮށްދޭ ކަމަށް ބައެއް މީހުން ކޮމެންޓް ކޮށްފައި ވެއެވެ.

އޮކްސިޖަން ގުޅައިގެން ކައްކަން ހުރުމަކީ ކިހާ ނުރައްކާ ކަމެއް ކަން ވެސް ބައެއް މީހުން ފާހަގަ ކުރި އެވެ. މި ފޮޓޮއަށް ކޮމެންޓުކުރި މީހަކު ބުނި ގޮތުގައި ސޯޝަލް މީޑިއާއަށް މިފަދަ ފޮޓޯއެއް ލެވޭ ވަރަށް އަންހެންމީހާގެ ދަރި ބޮޑު ނަމަ އޭނާއަށް ބަދިގޭގައި މަންމައަށް އެހީތެރިވެ ނުދެވޭނެ ސަބަބެއް ނެތެވެ. އިތުރު މީހަކު ބުނީ މަންމަ އަރާމުކުރަން ބާއްވާފައި މިފަދަ ވަގުތެއްގައި ދަރިން އަމިއްލައަށް ބަދިގޭގެ މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.