ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޓެކްސީގެ ހިދުމަތް

ކާފިއު ނޫން ވަގުތު ހުރިހާ ޓެކްސީތަކަށް ހިދުމަތް ދެވޭނެ

ކާފިއު ނޫން ވަގުތު ހުރިހާ ޓެކްސީތަކަށްވެސް ހިދުމަތް ދެވޭނެ ކަމަށާ އެ ވަގުތުތަކުގައި ޓެކްސީ ކުރަން ވަކި ހުއްދައެއް ނަގަން ނުޖެހޭނެ ކަމަށް ފުލުހުން ބުނެފި އެވެ.

މާލެ ސަރަހައްދުގައި ކާފިއު ހިންގާނީ ހަވީރު ހަތަރަކުން ހެނދުނު 8 ޖަހަންދެނެވެ. މި ވަގުތުތަކުގައި އެއްވެސް ގޮތަކަށް ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ.

ފުލުހުން ބުނީ ކާފިއު ވަގުތު ޓެކްސީ ކުރަން ހުއްދަ ދޭނީ ކޮންމެ ސެންޓަރަކަށް 10 ޓެކްސީއަށް ކަމަށެވެ. ހުއްދަ ނެތް ޓެކްސީތަކުން ދަތުރުކުރާނަމަ ހުއްޓުވާނެ ކަމަށް ބުންޏެވެ.

ކާފިއު ނޫން ވަގުތު ހުރިހާ ޓެކްސީތަކަށްވެސް ހިދުމަތް ދެވޭނެ ކަމަށާ އެ ވަގުތު ޓެކްސީ ކުރަން ވަކި ހުއްދައެއް ނަގަން ނުޖެހޭނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

ކާފިއު ނޫން ގަޑީގައި ބޭރުގައި އުޅެވޭނީ އެކަމަށް ހާއްސަ ހުއްދަ ހޯދައިގެންނެވެ.