ކޮވިޑް-19 ބަލި ޖެހިގެން މިއަދު ހަތަރު ވަނަ މީހަކު ރާއްޖެއިން މަރުވެއްޖެ އެވެ.
އަލަށް މިއަދު ރާއްޖެއިން އެ ބަލީގައި މަރުވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ ދިވެހި ފިރިހެނެކެވެ. އެއީ 61 އަހަރުގެ މީހެކެވެ.
ކޮވިޑްގައި މީގެ ކުރިން މިއަދު ތިން މީހަކު ވަނީ މަރުވެފަ އެވެ. ހަތަރު ވަނަ މީހާއާއެކު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 155 އަށް އަރާފަ އެެވެ.
މި ބަލީގައި އެންމެ ގިނަ މީހުން މަރުވީ މި މަހުގެ ތެރޭގަ އެވެ. މި މަހުގެ ތެރޭ 80 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.