ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި ތިނަދޫގައި މީހަކު މަރުވެއްޖެ

ކޮވިޑްގައި މަރުވި މީހަކު ވަޅުލަނީ -- ފޮޓޯ: އަވަސް
0%
0%
0%

ކޮވިޑް-19 އަށް ޕޮޒިޓިވްވެ ގދ. ތިނަދޫގައި ފަރުވާދެމުން ދިޔަ މީހަކު މަރުވެއްޖެ އެވެ.

ގއ. ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވީ މަރުވެފައިވަނީ އުމުރުން 70 އަހަރުގެ ފިރިހެނެކެވެ.

ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް އެ މީހާ މަރުވީ މިއަދު މެންދުރުފަހުގެ ވަގުތެއްގަ އެވެ.

މިއީ ކޮޮވިޑް ބަލީގައި މިއަދު މަރުވި ދެވަނަ މީހާ އެވެ. އަދި ކޮވިޑް ބަލީގައި ތިނަދޫގައި މަރުވި ތިންވަނަ މީހާ އެވެ.

ކޮވިޑްގައި މިއަދު ފުރަތަމަ މީހަކު މަރުވެފައި ވަނީ ގއ. ވިލިނގިލީގަ އެވެ. އެއީ އެރަށަށް ނިސްބަތްވާ އުމުރުން 81 އަހަރުގެ އަންހެނެ ކެވެ. އޭނާ މަރުވީ ރޭ ފަތިހު 4:55 ހާއިރު އެވެ.

މިއަދުގެ ދެ މަރަށް ފަހު ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު މިވަނީ 213 އަށް އަރާފަ އެވެ.

އިއްޔެގެ ނިޔަލަށް ރާއްޖެއިން 73،798 މީހަކަށް ވަނީ ކޮވިޑް ޖެހިފަ އެވެ. މީގެ ތެރެއިން 69،974 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.
މިހާތަނަށް ބަލިން ރަނގަޅު ނުވެ ތިބީ 3،602 މީހެކެވެ. ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނީ 28 މީހަކަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910