ރާއްޖޭގެ މޫސުން ގޯސްވެ ދެކުނުގެ ތިން އަތޮޅަށް ވަައިޓް އެލާޓް އަދި އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ދެންމެ ބުނީ ގއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވަައިޓް އެލާޓް ނެރެފައިވާ ކަމަށެވެ. އެލާޓް ނެރެފައިވަނީ މިރޭ 11 ޖެހުމާ ހަމައަށެވެ. މި ވަގުތުތަކުގައި ބޯކޮށްވާރޭވެހި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގަައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވަައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ބުނެފައިވެއެވެ.
މި ވަގުތުތަކުގައި ދެކުނު ތިން އަތޮޅުގެ ރަށްތަކަށް އުދަ އަރާފާނެ ކަމަށްވެސް ބެލެވެއެވެ.
ޔެލޯ އެލާޓް ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ދ އަތޮޅަށެވެ. އެއީ މިރޭ 10 ޖެހުމާ ހަަމައަށް އޮތް އެލާޓެކެވެ.
މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގަިއ ވައިޖެހި ކަނޑުތައް ގަދަވާނެ އެވެ. އަދި އުދަ އަރާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.
މިވަގުތުވެސް މެދު އަތޮޅުތަކުގެ ބައެއް ރަށްތަކަށް ދަނީ އުދަ އަރަމުންނެވެ.