ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންޓަނޭޝަނަލް ފްލައިޓްތަކަށް ޖޫންގެ ނިޔަލަށް އިންޑިއާ ބަންދު

އިންޑިއާގައި ކޮވިޑް ހާލަތު އޮތް ގޮތުން އިންޓަނޭޝަނަލް ފްލައިޓްތަކަށް ޖޫން ނިމެންދެން އިންޑިއާ ބަންދުވާނެ
0%
0%
0%

އިންޑިއާގައި ކޮވިޑްގެ ހާލަތު އެއްގޮތަކަށް ތައްކަތު ނުވެ ދިގު ލައިގެން ދިއުމާ ގުޅިގެން ދަތި އުނދަގޫ ނަމަވެސް މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅަން އެ ގައުމުގެ ސަރުކާރަށް ވަނީ ޖެހިފަ އެވެ. އިންޑިއާއިން ހުކުރު ދުވަހު ބުނީ އިންޓަނޭޝަނަލް ދަތުރުވެރިންނަށް އިންޑިއާ އަދި ހުޅުވާލެވެން ނެތް ކަމަށާއި މިހާރު ވެސް އޮތް ގޮތަށް އަދި ޖޫން ނިމެން ދެން ދަތުރު ފަތުރު ބަންދު ވާނެ ކަމަށެވެ.

ސިވިލް އޭވިއޭޝަން ޑައިރެކްޓަރު ޖެނެރަލް ވިދާޅުވީ އިންޓަނޭޝަނަލް ކާގޯ ފްލައިޓްތަކަށް ހުރަހެއް ނޯންނާނެ ކަމަށާއި އިދާރީ ހުއްދަ ލިބިފައިވާ ގައުމުތަކަށް ޕަސެންޖަރުންނަށް ވެސް ގޮސް އައިސް ވެވޭނެ ކަމަށެވެ.

އިންޑިއާގެ އެހީ ބޭނުންވާ އެހެން ގައުމުތަކަށް އަދި އިންޑިއާއަށް އެހީ ފޯރުކޮށް ދޭ ގައުމުތަކަށް ކުރެވޭ ދަތުރުތަކަށް ހުރަހެއް ނޯންނާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އިންޑިއާގައި ކޮވިޑް ކޮންޓްރޯލް ނުވެ ސިއްހީ ނިޒާމު ވަނީ ވަރުބަލިވެފަ އެވެ. އާބާދީގެ ނިސްބަތުން ފަގީރުން ގިނަ އިންޑިއާގައި އާޅާނުލެވި އަދި ފަރުވާ ނުދެވި އެތައް ބަޔަކު ވަނީ މަރުވެފަ އެވެ.

އިންޑިއާގެ ހާލަތަށް އޯގާތެރި ކަމާއެކު މުޅި ދުނިޔެ އެހީތެރިވަމުން ދާއިރު ހަނދާނުގައި ބަހައްޓަންޖެހޭ ނުކުތާއަކީ އިންޑިއާއަށް ވެވުނު ދުވަހު އަވަށްޓެރި ގައުމުތަކަށް ވެކްސިނާއި ބޭސް ފަރުވާ ފޯރިކޮށްދީފައިވާ ކަމެވެ. އިންޑިއާއިން މިހާރު ވެސް ގެންދަނީ ފަގީރު ގައުމުތަކަށް އެހީތެރި ވަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910