ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންޑިއާ ކޮވިޑް: ފާއިތުވި 24 ގަޑިއިރު

ރާއްޖެއާ އަވަށްޓެރި ގައުމުތަކުގެ ތެރެއިން އިންޑިއާގައި ކޮވިޑް ހާލަތު އަދި ވެސް އޮތީ ދެންވާނެ ގޮތެއް ނޭނގޭ ސުވާލުތަކުގެ ތެރޭގަ އެވެ. މުޅި ސަރަހައްދުގައި ވެސް އެންމެ އުންމީދީ ގައުމުގެ ގޮތުގައި އޮތުމަށް ފަހު އިންޑިއާގައި ކޮވިޑް ފެތުރިގަތުން ވަނީ ބޮޑު ބިރުވެރި ކަމަކަށް ވެފަ އެވެ. އެކަމަކު އިންޑިއާގައި އެއިރު އޮތް ހާލަތާ ބަލާއިރު މިހާރު ލައްކަ ބޮޑު ކުރިއެރުން ވަނީ ހޯދާފަ އެވެ.

އިންޑިއާގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 45،892 އަށް އަރާ ކަމަށް ހެލްތު އެންޑް ފެމެލީ ވެލްވެއާ މިނިސްޓްރީން ނޫސްތަކަށް ބުނެފައިވެ އެވެ. މި އަދަދާއެކު އިންޑިއާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 30،709،557 އަށް އެރީ އެވެ.

ކޮވިޑްގައި އިންޑިއާއިން މަރުވި މީހުންގެ އަދަދު 405،028 އަރާފައި ވާއިރު އާ ވޭރިއަންޓްތަކުގެ ސަބަބުން އޮތް ބިރުވެރިކަން ވަކި ކުޑަ ނޫން ކަމަށް ސިއްހީ އޮފިޝަލުން ވިދާޅުވެ އެވެ.

އިންޑިއާއަކީ އަވަށްޓެރި ގައުމުތަކަށް ކޮވިޑްގައި އެންމެ ބޮޑު އެހީތެރިކަން ފޯރު ކޮށްދިން ގައުމެވެ. ވެކްސިން ޖެހުމަށް ވުރެ ވެކްސިން ޖަހައިދޭން ހަދައިގެން އިންޑިއާއަށް ވަނީ ކޮވިޑް އަތުން ދޫވެފަ އެވެ.

އިންޑިއާގައި ކޮވިޑްގެ ހާލަތު ރަނގަޅުވުމަކީ އަވަށްޓެރި ގައުމުތަކަށް ވަރަށް ބޮޑު ފަސޭއަކަށް ވާނެ އެވެ. ކާބޯތަކެތިން ފެށިގެން ބޭސް ފަރުވާ އަދި ތާހިރުވެ ރީތިވާ ސާމާނު ހޯދުމުގައި ވެސް އަވަށްޓެރިން އެންމެ ބޮޑަށް ބަރޯސާ ކުރަނީ އިންޑިއާއަށެވެ.